ކޯވިޑް-19އަށް ޝައްކުކުރެވޭ ޢަލާމާތްތަކެއް ފެނިގެން އެކަހެރިކުރި 63 މީހެއްގެ ޓެސްޓުތައް ނެގެޓިވް ވުމާއެކު އެމީހުން ދޫކޮށްލައިފިއެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ އަންޑާ ސެކެޓްރީ މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ މިމީހުން ދޫކޮށްލާފައިވަނީ ކޮންމެ މީހަކުވެސް ދެފަހަރު ޓެސްޓުކޮށް ނަތީޖާ ނެގެޓިވްވުމުންކަމަށެވެ.
މީގެއިތުރުން ފުޓްބޯޅަ ކުޅުންތެރިޔާ ފެލޭނީއާ ސީދާ ދިމާވެގެން އެކަހެރިކޮށްފައި ތިބި 3 މީހުން ވަނީ ދޫކޮށްލާފައެވެ. ކޮވިޑް-19 އަށް ފެލައިނީ ފައްސިވީ ރާއްޖޭގެ ވަން އެންޑް އޮންލީ ރީތިރަށުގައި ޗުއްޓީ ހޭދަކުރުމަށް ފަހު މާޗު 12 ގައި، އެނބުރި ޗައިނާ އަށް ދިޔަ ފަހުން މާޗް 20 ވަނަ ދުވަހު އެވެ.
ދޫކޮށްލި މީހުންގެ އިތުރުން މޮނީޓަރިންގެ ޙާލަތުގައި އޮތް 4 ރިސޯޓަކާއި 19 ސަފާރީއެއްވެސް އެޙާލަތުން ދޫކޮށްލާފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ.