މެލޭޝިއާއިން ގެންނަނީ 200މީހުން

މެލޭޝިއާގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ ނާދެވިފައި ތިބި ދިވެހިން ގެނައުމަށް ކުރާ ދަތުރުގައި ގެނައުމަށް ހަމަޖެހިފައިވަނީ 200 މީހުން ކަމަށް މޯލްޑިވިއަން އިން ބުނެފިއެވެ.

ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޯލްޑިވިއަންގެ މެނޭޖަރ ޕީއާރް އެންޑް ކޮމިއުނިކޭޝަންސް މޫސާ ވަސީމް ވިދާޅުވީ ކޯވިޑް-19އާ ގުޅިން ކުރިމަތިވެފައިވާ ޙާލަތުގައި މެލޭޝިއާގައި ނާދެވިތިބި ދިވެހިން ރާއްޖެ ގެނައުމަށް މޯލްޑިވިއަންއިން ބުދަ ދުވަހު ޚާއްސަ ދަތުރެއް ކުރަން ހަމަޖައްސާފައިވާ ކަމަށާއި ޓިކެޓް ގަތުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. 

މޯލްޑިވިއަންއިން ބުނެފައިވަނީ މިދަތުރުގެ ޓިކެޓް ވިއްކަނީ ސީޓަކަށް 330 ޑޮލަަރަށްކަމަށެވެ.

“ޓިކެޓް ގަނެވޭނީ އޮންލައިންކޮށް އެކަނި. 8ވަނަ ދުވަހު ޕްލައިޓް އޮންނާނީ. އިސްކަންދެނީ މިވަގުތަށް ރާއްޖެއަށް އައުން މުހިންމު މީހުންނަށް ބަލައިގެން.” މޫސާ ވަސީމް ވިދާޅުވިއެވެ.

މޫސާ ވިދާޅުވީ މިފްލައިޓްތަކަކީ މެލެޝިއާގައިތިބި މީހުން ބަލައި ދަތުރުކުރާ ފްލައިޓަކަށްވާތީ، ފްލައިޓް އެކޮޅަށް ދަތުރުކުރާއިރު އެއްވެސް އެއްޗެއް މެލޭޝިއާއަށް ނުގެންދާނެކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!