ވަކި ބަޔަކު ލަންކާއިން ގެންނާކަށް އިސްކަމެއް ނުދެން: މޯލްޑިވިއަން

ލަންކާއިން ވަކި ބަޔަކު ގެނައުމުގައި މޯލްޑިވިއަން އިން ވަކި އުސޫލެއް ނުގެންގުޅޭ ކަމަށް އެ އެއާލައިނުން ބުނެފިއެވެ.

މޯލްޑިވިއަން އިން މިހެން ބުނެފައިމިވަނީ ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ތިބި ދިވެހިން ގެނައުމަށް މޯލްޑިވިއަން އިން ކުރި ދަތުރުގައި ވަކި ބަޔަކު ގެނައުމަށް އިސްކަން ދީފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ނުރުހުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވީ، ލަންކާއިން މީހުން ގެނައުމުގައި މޯލްޑިވިއަން އިން ބެލި އުސޫލެއް ނޯންނާނެ ކަމަށެވެ. އަދި 1000 އަށް ވުރެ ގިނަ މީހުން ލަންކާއިން އެނބުރި ރާއްޖެއަށް އައުމަށް އެދުނު ކަމަށާއި، އޭގެ ތެރެއިން ޓިކެޓް ލިބުނު މީހުންނާއި ޓިކެޓް ނުލިބޭ މީހުންނަށް ވެސް އެކަން އަންގާފައިވާނެ ކަމަށް މޫސަ ވިދާޅުވިއެވެ.

މޫސާ ވިދާޅުވީ މޯލްޑިވިއަން އިން މިހާރު ރާއްޖެ އިން ބޭރަށް ކުރާ ދަތުރުތަކަކީ ގައުމުން ބޭރުގައި ތިބި ދިވެހިން ގެނެސްދިނުމަށް ސަރުކާރުން އެދުމުން ކުރާ ދަތުރުތަކެއް ކަމަށެވެ.

މޯލްޑިވިއަން އިން އިއްޔެ ވަނީ ލަންކާ އިން 100 ދިވެއްސަކު ރާއްޖެ އަނބުރާ ގެނެސްފައެވެ. އަދި މިއަދު އިންޑިއާގެ ކޮޗިން އިން ވެސް ދިވެހިންތަކެއް ރާއްޖެ ގެނައުމަށް ވަނީ ހަމަޖެހިފައެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!