ބަޑި ޖަހާ ތަމްރީންތަކެއް ސިފައިން ކުރިއަށް ގެންދާތީ ސަމާލުވާން އަންގައިފި އެވެ.
މި ތަމްރީނުތަކުގައި ވައިގެ ސަރަހައްދު ބޭނުން ކޮށްގެން ބަޑިޖަހާނެ އެވެ. އެމްއެންޑީއެފް އިން ބުނީ އަސްކަރީ ތަމްރީނުތަކެއް މިއަދުން ފެށިގެން ނުވަވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށެވެ.
ތަމްރީނުތައް އޮންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު 6:00 އިން ހަވީރު 6:00 އަށް ހުޅުލޭގެ އިރުމަތީ ފަރާތުން ހަތް ނޯޓިކަލް މޭލު ބޭރުގަ އެވެ.