މޯލްޑިވިއަންގެ ނަމުގައި ކުރަނީ ފޭކް ކޯލްތަކެއް

މޯލްޑިވިއަންގެ ނަމުގައި ކުރަނީ ފޭކް ކޯލްތަކެއް ކަމަށާ އެކަމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފި އެވެ.

މޯލްޑިވިއަން އިން މިއަދު ބުނީ އެކި ގައުމުތަކުގައި ތިބި ދިވެހިން ގެނައުމަށް ޓިކެޓް ލިބޭނެ ކަމަށް ބުނެ މޯލްޑިވިއަން ނުގުޅާނެ ކަމަށެވެ. އަދި މި ވަގުތު ޓިކެޓް ގަނެވޭނީ އެ ކުންފުނީގެ ވެބްސައިޓުންނާއި މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފައެވެ.

“އެކި ގައުމުތަކުގައި ތިބި ދިވެހިން ގެނައުމަށް ޓިކެޓް ލިބޭނެ ކަމަށް ބުނެ މޯލްޑިވިއަން ނުގުޅާނެ ވާހަކަ ކަސްޓަމަރުންގެ މައުލޫމާތައްޓަކައި ދަންނަވަން. މި ވަގުތު ޓިކެޓް ބައްލަވައިގަނެވޭނީ ވެބްސައިޓުންނާއި އަޅުގަނޑުމެންގެ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް،” މޯލްޑިވިއަންއިން ކުރި ޓްވީޓެއްގައި ބުނެފައި ވެއެވެ.

އެ ކުންފުނިން މިހާރު ވަނީ މެލޭޝިއާއިން ރާއްޖެ އަންނަން ތިބި ދިވެހިންނަށް އޮންލައިންކޮށް ޓިކެޓް ގަނެވޭނެ އިންތިޒާމް ހަމަޖައްސާފައެވެ.

މޯލްޑިވިއަން އިން މިއަދު ބުނީ މެލޭޝިއާއިން ރާއްޖެ އަންނަން ތިބި ދިވެހިންނަށް މިއަދު ހަވީރު ފަހަކުން ފެށިގެން އޮންލައިންކޮށް ޓިކެޓް ގަނެވޭނެ ކަމަށެވެ. މިވަގުތު މެލޭޝިއާއިން ފުރަން ޝެޑިއުލްކޮށްފައިވަނީ މި މަހުގެ އައް ވަަނަ ދުވަހު މެލޭޝިއާ ގަޑިން ހެނދުނު ހައެއް ޖަހާއިރު ކަމަށް މޯލްޑިވިއަން އިން ބުނެއެވެ.

އަދި ފުރާގަޑިއަށް ބަދަލުއައުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް މޯލްޑިވިއަން އިން ވަނީ ބުނެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!