މެލޭޝިޔާއިން އަންނަން ބޭނުންވާ ދިވެހިންނަށް އޮންލައިންކޮށް މޯލްޑިވިއަން އިން ޓިކެޓް ވިއްކަނީ

މެލޭޝިއާއިން ރާއްޖެ އަންނަން ތިބި ދިވެހިންނަށް އޮންލައިންކޮށް ޓިކެޓު ގަނެވޭނެ ކަމަށް ގައުމީ އެއާލައިން މޯލްޑިވިއަން އިން ބުނެފިއެވެ.

މިއަދު މޯލްޑިވިއަންއިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މިއަދު ހަވީރު 5:00 އިން ފެށިގެން މެލޭޝިއާއިން ރާއްޖެ އަންނަން ބޭނުންވާ ދިވެހިންނަށް އޮންލައިންކޮށް ޓިކެޓު ބައްލަވައިގަނެވޭނެކަމަށާއި، މިވަގުތު ފްލައިޓް މެލޭޝިއާއިން ފުރަން ތާވަލު ކޮށްފައިވަނީ މިމަހު 8 ވަނަ ދުވަހު މެލޭޝިއާ ގަޑިން ހެނދުނު 6:00 ގައި ކަމަށެވެ. ނަމަވެސް ފުރާގަޑިއަށް ފަހުން ބަދަލެއް އައިސްދާނެކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފައެވެ.

މި ފްލައިޓުގެ ޓިކެޓު އަގެއް މޯލްޑިވިއަން އިން ހާމައެއް ނުކުރެއެވެ.

ރާއްޖެއިން ބޭރުގައި ތިބޭ ދިވެހިން ރާއްޖެ ގެންނައިރު، އެމީހުން ރާއްޖެ އައުމަށްފަހު ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހުގެ ކަރަންޓީނު މުއްދަތު ހަމަކުރަން ޖެހޭނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!