ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ކޮއްކޯފުޅު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދައްތާފުޅު މުއުމިނާ އަބްދުލްގައްޔޫމް އަވަހާރަވެއްޖެއެވެ.
މޫމިނާ ޢަބްދުލްޤައްޔޫމަކީ ދިވެހި ދައުލަތަށް 22 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭކަނބަލެކެވެ. ހާއްސަ ގޮތެއްގައި ދިވެހި ތާރީހާއި އަދަބިއްޔާތަށް އެކަމަނާ ވަނީ ގިނަ ހިދުމަތްތަކެއް ކުރައްވާފައެވެ. އެގޮތުން ދިވެހި ބަަހާއި ތާރީހަށް ހިދުމަތް ކުރާ ގައުމީ މަރުކަޒުގެ އެސިސްޓެންޓް ޑިރެކްޓަރު ކަމުގެ މަގާމުވެސް އެކަމަނާ ވަނީ ފުރުއްވާފައެވެ.
މޫމިނާގެ މައްޗަށް ކުރާ ކަށު ނަމާދު އޮންނާނީ މިއަދުގެ އަސަރު ނަމާދަށް ފަހު މާލޭގެ އާ ސަހަރާގައެވެ.