ކޮރޯނާވައިރަސް ހުރިކަން ކަށަވަރު ކުރުމަށް ބޭނުން ކުރާ އިތުރު 5،000 ޓެސްޓް ކިޓު ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ރާއްޖެއަށް ހަވާލުކޮށްފި އެވެ.
ކޮރޯނާވައިރަސް ރެސްޕޮންސް ސެންޓަރުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ޓެސްޓް ކިޓުތައް ހަވާލުކުރުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ. ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އެވެ.
ޑަބްލިއުއެޗްއޯގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާ ހުންނަވާ ރިޕްރެޒެންޓެޓިވް ޑރ. އަރުވިންދު މަތުރު އެވެ.
މީގެކުރިންވެސް ޑަބްލިއުއެޗްއޯ އިން ވަނީ ރާއްޖެއަށް 6000 ޓެސްޓު ކިޓު ހަދިޔާކޮށްފަ އެވެ.