ކޯވިޑް-19އަށް ޝައްކުކުރެވިގެން ކަރަންޓީންކުރި 73 މީހަކު ދޫކޮށްލައިފިއެވެ.
ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބުރޫކް އަޒީޒް ވިދާޅުވީ، ކަރަންޓީންގެ 14 ދުވަސް ފުރިހަމަކޮށް ކޯވިޑަށް ޓެސްޓުކުރުމަށްފަހު، ޓެސްޓުގެ ނަތީޖާ ނެގެޓިވްވި 73 މީހަކު ދޫކޮށްލާފައިވާކަމަށެވެ.
މީގެ ތެރޭގައި ހިމެނެނީ ރާއްޖެއިން ބޭރުން އައި މީހުންނާއި ރާއްޖޭގައި ތިބި ބައެއް މީހުންގެ ތެރެއިން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަރަންޓީން ކޮށްފައި ތިބި މީހުންނެވެ.
މަބުރޫކް ވިދާޅުވީ މިވަގުތު ރައްޖޭގެ ކަރަންޓީން ފެސިލިޓީތަކުގައި 809 މީހަކު އެބަތިބި ކަމަށެވެ.