ލަންކާގައި ތިބި 100 ދިވެއްސަކު ރާއްޖެ ގެނެސްފި

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ސްރީ ލަންކާގައި އަޅާފައިވާ ވަރުގަދަ ފިޔަވަޅުތަކާ ގުޅިގެން، އެ ގައުމުގައި ތާށިވެފައި ތިބި ބައެއް ދިވެހިން މޯލްޑިވިއަންގެ ފްލައިޓެއްގައި މިރޭ ރާއްޖެ ގެނެސްފި އެވެ.

މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ ރޭ ސްރީލަންކާގެ ކޮލޮމްބޯއިން ރާއްޖެ އައި އެ ފްލައިޓްގައި 100 ދިވެހިން އައިސް ތިބި ކަމަށެވެ. އެއީ ޓިކެޓެއް 4،626 ރުފިޔާ ވިއްކައިގެން މިރޭ ރާއްޖެ ގެނައި ދިވެހިންނެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ޓަކައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މިހާރު އަމަލު ކުރަމުންދާ އުސޫލުގައިވާ ގޮތުން ރާއްޖެއަށް އަންނަ ކޮންމެ މީހަކު 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީނު ކުރެ އެވެ. އެހެންކަމުން ލަންކާއިން މިރޭ އައި ހުރިހާ ދިވެހިން ވެސް އެންމެ ފުރަތަމަ ގެންދާނީ ކަރަންޓީނު ފެސިލިޓީތަކަށެވެ. 14 ދުވަސް ފަހުން ދޫކޮށްލާނީ ކޮވިޑް-19 އަށް ނެގެޓިވްވާ މީހުންނެވެ.

ލަންކާގައި ތިބި ދިވެހިންގެ ތެރެއިން 100 މީހަކު ރޭ ރާއްޖެ ގެނައިރު، މިއަދު އިންޑިއާގައި ތިބި ދިވެހިންގެ ތެރެއިން ބައެއް މީހުން ވެސް މޯލްޑިވިއަންގެ ފްލައިޓެއްގައި ގެނައުމަށް ވަނީ ނިންމައިފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!