ޝާހުގެ އޮފީހެއް ކަރަންޓީނު ފެސިލިޓީއަކަށް ދީފި

ކޮރޯނާވައިރަހާ ދެކޮޅަށް އިންޑިއާ އިން ކުރަމުން އަންނަ މަސައްކަތްތަކަށް ވަރަށް ގިނަ ފިލްމީ ތަރިން މާލީ އެހީ ދެމުން އަންނަ އިރު، ޝާހްރުކް ޚާންގެ ފަރާތުން އެއްވެސް އެހީއެއް ނުލިބޭ ކަމަށް ބުނެ އަމާޒުވަމުން ދިޔަ ފާޑުކިޔުންތަކަށް އޭނާ ހުއްޓުމެއް ގެނެސްފި އެވެ.

އިންޑިއާގެ އެންމެ މުއްސަނދި ތަރިންގެ ތެރޭގައި ހިމެނޭ ޝާހްރުކް ހިއްސާވާ ކުންފުނިތަކާއި ފައުންޑޭޝަންތަކުގައި ނަމުގައި ވަނީ އެކި ގޮތްގޮތުން އެހީވާން ނިންމައިފަ އެވެ. އެގޮތުން ބޮޑުވަޒީރު ނަރެންދުރަ މޯދީ ކޮވިޑް-19 އަށް ހާއްސަކޮށްގެން އުފެއްދި “ޕީއެމް-ކެއާޒް ފަންޑް” ގެ އިތުރުން ވެސް އެހީ ބޭނުންވާ އެކިއެކި ފަރާތްތަކަށް ޝާހްރުކް އެހީ ދޭން ނިންމިކަން އިއުލާންކޮށް، ޓްވިޓާގައި ވެސް އެކަމާ ބެހޭ ބަޔާން ހިއްސާކޮށްފައިވެ އެވެ.

ޝާހު ވަނީ އޭނާގެ އަމިއްލަ ކުންފުނިތަކާ ގުޅިގެން މިދަނޑިވަޅުގައި އެންމެ އެހީތެރިކަން ބޭނުންވެފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައެވެ.

އެގޮތުން އޭނާ ވަނީ 50،000 ޕީޕީއީ ކިޓްސް އާއި މުމްބާއީގެ 5500 އާއިލާއަކަށް މަހަކަށް ކާނާ ފޯރުކޮށްދިނުމަށް ވެސް ނިންމާފައެވެ. އަދި ހޮސްޕިޓަލްތަކަށް 2000 ކެއުން ތައްޔާރު ކުރުމުގެ އިތުރުން ހޮސްޕިޓަލުތަކުގައި ބަދިގެ ސެޓުތައް ވެސް ގާއިމްކުރުމަށް ވެސް ނިންމާފައެވެ.

އޭގެ އިތުރުން ޝާހު ވަނީ އޭނާ އަމިއްލަ އޮފީސް ކަރަންޓީނު ފެސިލިޓީސް އަށް ވެސް ދޭން ނިންމާފައެވެ. ހަތަރު ފުލޯގެ އެއިމާރަތް، ކަރަންޓީނު ފެސިލިޓީއަށް ނިންމާފައިވާއިރު އެތަން ހާއްސަ ކޮށްފައިވަނީ ކުޑަކުދިންނަށާއި އަންހެނުން އަދި އުމުރުން ދުވަސްވީ މީހުންނަށެވެ.

އޭނާގެ ފަރާތުން އެހީ ދޭން ނިންމީ އަމިއްލަ ފިލްމު ކުންފުނި ރެޑް ޗިލީޒް އެންޓަޓައިންމަންޓާއި އޭގެ ދަށުން ހިންގާ ރެޑް ޗިލީޒް ވީއެފްއެކްސް އާއި އަމިއްލަ ކްރިކެޓް ކްރިކެޓް ޓީމް ކަލްކަލާ ނައިޓް ރައިޑާޒް (ކޭކޭއާރް) ގެ އިތުރުން އެސިޑް ހަމަލާގެ ޝިކާރައަކަށްވި އަންހެނުންނާއި އަންހެނުން ބާރުވެރިކުރަން އަމިއްލަ އަށް ހިންގާ މީރް ފައުންޑޭޝަންގެ ނަމުގަ އެވެ.

އެތަންތަނުގައި ނަމުގައި ދޭން ނިންމީ އެހީގެ އިތުރުން ޝާހްރުކާއި އަންހެނުން ގޯރީ ޚާން އަމިއްލަ ކަންކަމަށް ބޭނުން ކުރަމުން އަންނަ ހަތަރު ބުރީގެ އޮފީސް އިމާރާތެއް ވެސް ވަނީ މުމްބާއީ މުނިސިލަޕް ކޯޕަރޭޝަން (ބީއެމްސީ) ގެ ކަރަންޓީނު ފެސިލީއަކަށް ބޭނުންކުރަން ދީފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!