ކޮވިޑް-19 އިން ރައްކާތެރި ވުމަށްޓަކައި ކުޑަކުދިންގެ ހިޔާއާއި ފިޔަވަތީގައި އައިސޮލޭޝަން ރޫމުތައް ގާއިމުކުރެވިފައިވާ ކަމަށް ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެ އެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ކުޑަކުދިންގެ ހިޔާގައި ގާއިމުކޮށްފައި ވަނީ އައިސޮލޭޝަން ދެ ރޫމް ކަމަށާއި، ފިޔަވަތީގައި ތިން ރޫމް ގާއިމު ކޮށްފައިވާ ކަމަށެވެ.
ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި އައިސޮލޭޝަން ދެ ރޫމް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެމަޖެންސީއަށް ބޭނުންވާ ފެސިލިޓީތައް މަރުކަޒުގައި ގާއިމު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެ މަރުކަޒުތަކުގައި އައިސޮލޭޝަން ރޫމް ގާއިމު ކޮށްފައި ވަނީ އެ ތަނުގައި ތިބި ކުދިންނާއި މީހުންގެ އަދަދަށް ރިއާޔަތް ކޮށްފަ އެވެ.