ޑާކް ރެއިނުން ރެހެންދި ޚަދީޖާ ސްކްރީނަށް ގެންނާނީ

ކޮންމެ އަހަރެއްގެވެސް އޭޕްރީލް މަހުގެ ފަސްވަނަ ދުވަހަކީ ޑާކްރެއިން އެންޓަޓެއިންމަންޓަށް ހާއްސަ ދުވަހެކެވެ. މިފަހުން ކޮންމެ އަހަރުހެން އެ ސްޓޫޑިއޯގެ އައު ފިލްމެއް އެ ދުވަހު ބެލުންތެރިންނަށް ބަލާލަން ލިބެއެވެ.

“ރެހެންދި ޚަދީޖާ” ގެ ނަން ދީފައިވާ ފިލްމުގެ ސްކްރީންޕްލޭ ލިޔަނީ އައިޝަތު ފުއާދު ތައުފީގާއި އަހުމަދު ތޮލާލެވެ. އެ ދެ މީހުންނަކީ ޑާކް ރެއިނުން މިދިޔަ އަހަރު ގެނެސްދިން ކޮމެޑީ ފިލްމު “މާމުއި” ގެ އިތުރުން މި އަހަރު ގެނެސްދޭ ލޯބީގެ ފިލްމު “ނޮވެމްބާ” ގެ ސްކްރީންރައިޓަރުން ވެސް މެ އެވެ.

ނަމަވެސް ކޮވިޑް19 ގެ ސަބަބުން ކުރިމަތިވެފައިވާ ހާލަތުން މިއަދު އޮލިމްޕަސްވެސް ވަނީ ބަންދުކޮށްފައެވެ. އެހެން ކަމުން ޑާކްރެއިންއަށް އައު ފިލްމެއް މިއަހަރުގެ މި ތާރީހުގައި ގެނެސްދެވޭ ގޮތް ނުވީއެވެ.

ނަމަވެސް ބެލުންތެރިންނަށް ޑާކްރެއިންގެ ފަރާތުން މިވަނީ އުފާވެރި ހަބަރެއް ގެނެސްދީފައެވެ. އެއީ ދިވެހި ތާރީހުގައި ވެރިކަން ކުރެއްވި ވެރިންގެ ތެރެއިން ފާހަގަކޮށްލެވޭ މަޝްހޫރު “ރެހެންދި ހަދީޖާ” ގެ ހަޔާތުގެ މައްޗަށް ފިލްމެއް އުފައްދަން ނިންމާ އެކަން އިއުލާނު ކުރުމެވެ.

ޑާކްރެއިން ވަނީ އެ ސްޓޫޑިއޯގެ އައު ޕްރޮޖެކްޓް “ރެހެންދި ހަދީޖާ”ގެ ޕޯސްޓަރަކާއެކު ފިލްމުގެ މަސައްކަތް ފަށާފައިވާކަން ހާމަކޮށްފައެވެ. އެގޮތުން މިހާރު ވަނީ “ރެހެންދި ހަދީޖާ” ގެ ހަޔާތުގެ އެކި ވާހަކަތައް ދިރާސާކޮށް ވާހަކަ ލިޔެ ތައްޔާރުކޮށްފައެވެ. ކުރިއަށް ދެން އޮތީ ސްކްރީންޕްލޭ ތައްޔާރު ކުރުމެވެ.

ޑާކްރެއިންގެ ފަރާތުން މިހާރުވެސް ދަނީ ދެ ފިލްމެއްގެ މަސައްކަތް ނިންމަމުންނެވެ. އެއީ އަސަރުގަދަ ލޯބީގެ ފިލްމް “ނޮވެންބަރު” އަދި ބިރުވެރި ފިލްމެއް ކަމަށްވާ “ބަޅިނދު” އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!