ސިއްޙީ ޚިދުމަތްތެރިންނަށް މައިލީ ސައިރަސް ހިލޭ ކާތަކެތި ބަހައިފި

މިހާރު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަހާ ދެކޮޅަށް މަސައްކަތް ކުރަމުންދާ ސިއްޙީ ޚިދުމަތްތެރިންނަށް ޝުކުރު އަދާކުރުމުގެ ގޮތުން، އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ މައިލީ ސައިރަސް، ލޮސް އޭންޖަލިސް ގެ ހޮސްޕިޓަލަކަށް ހިލޭ ކާއެއްޗެހި ފޯރުކޮށްދީފިއެވެ.

މައިލީއާއި އޭނާގެ ލޯބިވެރިޔާ ކޯޑީ ސިމްޕްސަން މި އެހީ ފޯރުކޮށްދީފައިވާކަން އާންމު ކޮށްފައިވަނީ ކޯޑީގެ އިންސްޓަގުރާމުގައެވެ. އެގޮތުން މާސްކު އަޅައިގެން ތިބެ، 120 ޓާކޯ ޕާރުސަލް ހޮސްޕިޓަލަށް ހަދިޔާ ކުރާ މަންޒަރު ކޯޑީ ވަނީ ވީޑިއޯކޮށް، ހިއްސާކޮށްފައެވެ. އަދި ހަމައެހެންމެ، އެތަކެތި ބަލައިގަތް ސިއްޙީ ޚިދުމަތްތެރިން އެއާއެކު ނަގާފައިވާ ފޮޓޯއެއްވެސް ވަނީ އާންމުކޮށްފައެވެ.

މައިލީއާއި ކޯޑީ ހަދިޔާ ކުރި ތަކެތީގައި ބޭރުގައިވަނީ އަތުންލިޔެފައިވާ ޝުކުރުގެ މެސެޖުވެސް ހިމަނައިފައެވެ. އެގޮތުން، ކޮރޯނާވައިރަހާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ފަސްނުޖެހި ކުރިއަށް ދާތީ، އެކަމަށް ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށް ލިޔެފައިވެއެވެ.

މައިލީ ސައިރަސް މީގެ ކުރިން ވަނީ، އޭނާއާއި މެކް ކޮސްމެޓިކްސްއާ ގުޅިގެން، ކޮރޯނާވައިރަހުން އަރައިގަތުމަށް 10 މިލިއަން ޑޮލަރު ހަދިޔާ ކުރަން ތައްޔާރުވަމުންދާ ކަން ވެސް އިޢުލާނުކޮށްފައެވެ. މައިލީ ނޫނަސް އެތައް ފަންނާނުންނެއް އަންނަނީ ގިނަ އަދަދަކުން ފައިސާގެ އެހީ ހަދިޔާކުރަމުންނެވެ. އޭގެ ތެރޭގައި، ރިއާނާ އަދި ޖަސްޓިން ބީބާ ވެސް ހިމެނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!