09 ސަފާރީއަކާއި 15 ރިސޯޓަކުން މީހުން ފޭބުމުގެ ހުއްދަ މިއަދު ދީފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަބްރޫކް އަޒީޒް ވިދާޅުވީ ނުވަ ސަފާރީއަކާއި 15 ރިސޯޓަކުން މީހުން ފޭބުމުގެ ހުއްދަ މިހާރު ދެވިފައިވާ ކަމަށެވެ. މިއީ ރިސޯޓަކުން އަދި ސަފާރީއަކުން ވެސް މީހުން ފޭބުމުގެ ހުއްދަ ދެވުނު ފުރަތަމަ ފަހަރެވެ.
އެންމެ ފަހު ފަތުރުވެރިޔާ ފުރާތާ 14 ދުވަސް ފަހުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ހުއްދައާއެކު ރިސޯޓުތަކުން މުވައްޒަފުންނަށް ފޭބޭނެ ގޮތަށް މިހާރު ވަނީ އުސޫލު ބަދަލުކޮށްފައެވެ.
މީގެ އިތުރުން މިދިޔަ 14 ދުވަސް ތެރޭގައި އެރަށަށް ފަތުރުވެރިއަކު ނާރާ ރަށްތަކުގެ މުވައްޒަފުންނާ މެދުވެސް އަމަލު ކުރަމުން އަންނާނީ އެ އުސޫލުގެ ތެރެއިންނެވެ.