ފުރަބަންދު ގަޑީގައި ބޭރަށް ނުކުތް މީހަކު ޖޫރިމަނާ ކޮށްފި

މާލޭ ސިޓީގައި ފުރަބަންދު ގަޑީގައި ބޭރަށް ނުކުތް މީހަކު ފުރަތަމަ ފަހަރަށް މިއަދު ޖޫރިމަނާ ކޮށްފި އެވެ.

ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިގެންވާ ބާރުގެ ދަށުން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މާލޭ ސިޓީގައި ވަކި މުއްދަތެއް ނެތް ގޮތަށް ކޮންމެ ދުވަހަކު ހަވީރު 5:00 އިން ފެށިގެން ރޭގަނޑު 8:00 އަށް ކާފިއު ހިންގަން ވަނީ ނިންމާފައެވެ.

ފުުލުހުން މީގެކުރިން ބުނެފައިވަނީ، ކާފިއު ވަގުތުގައި، ހުއްދަ ދޫކޮށްފައިވާ ފަރާތްތައް ނޫން އެހެން ފަރާތެއް މަގުމައްޗަށް ނުކުމެއްޖެ ނަމަ ނަސޭހަތް ދީ އެކަން ތަކުރާރު ކޮށްފިނަމަ 1000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ.

އެގޮތުން ފުރަތަމަ ފަހަރަށް މީހަކު މިއަދު ޖޫރިމަނާ ކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ކާފިއު ވަގުތުގައި ބޭރުގައި އުޅުމުން 139 މީހަކަށް މިއަދު ނަސޭހަތް ދީފައިވާކަން ފުލުހުން ވަނީ ފާހަގަކޮށްފަ އެވެ. އޭގެތެރޭގައި ހިމެނެނީ 122 ދިވެހިންނާއި 17 ބިދޭސީން ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ. އަދި ހަތް މީހަކަށް ދެވަނަ ފަހަރަށް ނަސޭހަތް ވެސް މިއަދު ވަނީ ދީފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!