ސަރުކާރުން ގަބޫލުކުރާ ގޮތުގައި މަގޫފަތް ކާންޖެހޭ ހާލަތަށް ގައުމު ގޮސްދާނެ: މުންދު

ސަރުކާރުން ގަބޫލުކުރާ ގޮތުގައި މަގޫފަތް ކާންޖެހޭ ހާލަތަށް ގައުމު ގޮސްދާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް ހުސެއިން ޝަރީފު (މުންދު) ވިދާޅުވެއްޖެ އެވެ.

މުންދު ވިދާޅުވީ ކޮވިޑް-19 ގެ ސަބުބުން ދުނިޔޭގެ އިގްތިސޯދަށް ބޮޑެތި ގެއްލުންވަމުންދާ ކަމަށެވެ. އެހެންކަމުން ރާއްޖެ ކާބޯތެކެއްޗަށް ޖެހޭނެކަމަށް ސަރުކާރުން ވެސް ގަބޫލުކުރާކަމަށް ވިދާޅުވެ އޭނާ ވަނީ އެގޮތަށް އެކަން ސާފުވަނީ ދަނޑުވެރިކަމުގެ ބާވަތްތައް އުފެއްދުމަށް ސަރުކާރުން މިދަނޑިވަޅުގައި ބާރު އަޅަމުންދާތީ ކަމަށް ވިދާޅުވެފަ އެވެ. ” މިއަދު މިދައްކަވަނީ ފަލަމަޑި ރާއްޖޭގައި ގިނަކުރައްވާށޭ. އަސްލު މި ބުނެވެނީ ކީކޭތޯ؟ މިނިސްޓަރު އަރާވަޑައިގެން އަޅުގަނޑުމެންގެ ދަނޑުވެރިންކަން ރަނގަޅުކުރަން މި ފަލަމަޑީގެ ބާވަތް ގިނަކުރައްވާށޭ ވިދާޅުވީމަ އަޅުގަނޑު ގަންނަނީ ބިރޭ. އޭގެ މަނައަކީ އަޅުގަނޑުމެން ރާއްޖެއަށް ކާބޯތަކެއްޗަށް ވަރަށް ބޮޑު ދައްޗެއް ކުރިމަތިވަނީއޭ މިއޮތް. މިއޮތީ މަގޫފަތުގެ ޒަމާން މާލަހެއްނުވެ އަލުން އަނެއްކަ އިޔާދަވާ ހިސާބަކަ ގޮސްފައޭ. އެކަން ސަރުކާރަށް އެބަ އެނގެޔޭ،” ޝަރީފް ވިދާޅުވި އެވެ.

މުންދު ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން އިންޕޯޓުކުރުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށާއި ތަކެތި އިންޕޯޓުކުރާ ގައުމުތަކުގެ ހާލަތުވެސް ސަރުކާރަށް އެނގޭ ކަމަށެވެ. އަދި އިގްތިސޯދީ ވެއްޓުމާއެކު ރާއްޖޭގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ ކުޑަކުރަން ޖެހޭނެ ކަމަށާއި މި ބަލިމަޑުކަމުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވާނެ ދަތިކަމުގެ ހާލަތު ހަގީގަތަށް ރައްޔިތުންނަށް ބުނެދޭން ޖެހޭކަމަށެވެ.

އޭގެ އިތުރުން، ރާއްޖެއަށް ދިމާވި ބަލިމަޑުކަމަކީ މި ސަރުކާރުން ކުރިކަމެއްނޫން ކަމަށާއި އެހެންކަމުން މި ހާލަތުން އަރައިގަތުމުގައި ސިޔާސީ ކޯޅުން ދޫކޮށް އެންމެން މަޝްވަރާކުރަން ޖެހޭކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖެ ބަލިމަޑުކަމަކަށްދާނެ ކަމަށް މުންދު ފާހަގަކުރެއްވިއިރު ރައްޔިތުން ބަނޑަށް ނުޖެހޭނެކަމަށް ގައުމާ މުހާތަބުކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ. އެގޮތުން 10 މަސް ދުވަހަށް ބޭނުންވާ ކާޑުގެ ބާވަތް ހުންނާނެކަމަށް ރައީސް ވިދާޅުވެ އެވެ. 

  1. ކަލޭ ދެލޯ ބޮޑު ކޮށްގެން ތިއުޅެނީ ކޮންކަމަކާއި.. ކޮންމެ ވެރިކަމެއްގައިވެސް 80،000 ރުފިޔާގެ މުސާރަ ނެގީ މިދިޔަ 35 އަހަރުގައި.. ވަގަށް ނެގިބައި ނުލައި…

    ދެން އުފަލުން އޮވޭ..

    0
    0

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!