މޯލްޑިވިއަންގެ އެހީގައި ލަންކާގައި ތިބި ދިވެހި އާއިލާތަކަށް ނުވަ ޓަނުގެ ކެއާ ޕެކޭޖު

ސްރީ ލަންކާގައި މިވަގުތު ތިބި ދިވެހިންނަށް ތަކެތި ފޮނުވުމަށް ފުރުސަތު ހުޅުވާލި ފުރުސަތުގައި 8.9 ޓަނުގެ ތަކެތި ލިބިފައިވާ ކަމަށް މޯލްޑިވިއަން އިން ބުނެފިއެވެ.

ލަންކާގައި ތިބި ދިވެހި އާއިލާތަކަށް އެހީވުމަށްޓަކައި މޯލްޑިވިއަންގެ ޗާޓަރު ފްލައިޓުން ތަކެތި ފޮނުވޭނެ އިންތިޒާމް ހަމަޖައްސައި، އިއްޔެ ވަނީ ތަކެތި ބަލައިގަތުމުގެ ކަންކަން ކުރިއަށް ގެންގޮސްފަ އެވެ.

މޯލްޑިވިއަން އިން ބުނީ މިހާރު ލަންކާއަށް ދަތުރު ކުރުމަށް ތައްޔާރުވެފައިވާ މޯލްޑިވިއަންގެ ފްލައިޓަށް 8.9 ޓަނުގެ ތަކެތި ނުވަތަ ކެއާ ޕެކޭޖު ލިބިފައިވާ ކަމަށެވެ. ލަންކާގައި ތިބި ދިވެހިންނަށް ފޮނުވާ މުދާތައް ނުވަތަ ކެއާ ޕެކޭޖުތައް ފޮނުވަނީ ލަންކާއަށްދާ މޯލްޑިވިއަންގެ ކާގޯ ބޯޓު މެދުވެރިކޮށެވެ. އެ ބޯޓު ލަންކާއަށް ދަނީ ރާއްޖެއަށް މުދާ ގެނައުމަށެވެ.

ސަރުކާރުން ނިންމާފައި ވަނީ ކޮންމެ އާދިއްތަ ދުވަހަކު ބާއްވާ މޯލްޑިއަންގެ ކާގޯ ދަތުރުގައި، ލަންކާގައި ތިބި ދިވެހިންގެ ޒަރޫރީ ބޭނުންތަކަށް ތަކެތި ފޮނުވޭ ގޮތަށެވެ. އެ ގައުމުގަިއ ދިރިއުޅޭ ދިވެހި ކޮންމެ އާއިލާއަކަށް 15 ކިލޯގެ ތަކެތި ހިލޭ ގެންގޮސްދޭން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!