ފެމެލީ ކޯޓުން މާދަމާއިން ފެށިގެން ކައިވެނި ކޮށްދެނީ

ކޮވިޑް-19 ގެ ސަބަބުން ކައިވެނިކޮށްދިނުން މެދުކަނޑާލުމަށް ފަހު މާދަމާއިން ފެށިގެން އަލުން ކައިވެނިކޮށްދޭން ފެށުމަށް ފެމެލީ ކޯޓުން ނިންމައިފިއެވެ.

އެގޮތުން ފެމެލީ ކޯޓުން ވަނީ ހަފްތާއަކި ދެ ދުވަހު ކައިވެނި ކޮށްދިނުމަށް ނިންމާފައެވެ. މީގެކުރިން ގޭގެއަށް ގޮސް ނުވަތަ ކައިވެނި ހަފްލާތައް އޮންނަ ތަނަކަށް ގޮސް ކައިވެނި ކޮށްދިން ނަމަވެސް އެކަން ވަނީ ފެމެލީ ކޯޓުން މެދުކަނޑާލާފައެވެ.

މެދުކަނޑާލުމަކަށްފަހު ކައިވެނި ކޮށްދިނުމަށް ފެމެލީ ކޯޓުން ނިންމީ ކޮވިޑް19 އާ ގުޅިގެން ސަރުކާރު އޮފީސްތައް ބަންދު ކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ނިމުމެއް އަންނާނެ ސީދާ ދުވަހެއް ނޭނގޭތީއެވެ.

ފެމެލީ ކޯޓުން ބުނީ ކައިވެނީގެ އިތުރުން ވަރި ސާބިތުކޮށްދިނުމާއި ގެވެށި އަނިޔާގެ މައްސަލަތަކާއި ދަރިންގެ މައްސަލަތަކުގެ އަޑުއެހުންތައް ވެސް ފަށަން ވަނީ ނިންމައިފައެވެ. މި މައްސަލަތައް ބަލާ ކޮންމެ ސެކްޝަނަކުން ވެސް ދުވާލަކު އެއް މައްސަލަ ބަލާނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!