މޯލްޑިވްސް ސްޓޭޓް ޝިޕިން ކޮމްޕެނީގެ ހިދުމަތް ރަސްމީކޮށް ފަށައިފި އެވެ.
ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގުމަށް ހަމަޖެހިފާވާ މޯލްޑިވްސް ސްޓޭޓް ޝިޕިންގެ ސަބަބުން އެ ކުންފުނިން ނުއަގުގައި ބޭރުގެ ކޮންޓެއިނާ ވެސަލް ތަކުގައި މުދާ ގެންނަ ގެނައުމަށް ލުޔެއް ލިބި ކުންފުންޏަށް ލިބޭ ގެއްލުން ކުޑަވާނަކަމަށް އެ ކުންފުނިން ލަފާކުރެ އެވެ. އަދި މިކަމުގެ ސަބަބުން ކުންފުނީގެ އާމްދަނީ އިތުރުވާނެކަމަށް އެ ކުންފުނިން ލަފާކުރެ އެވެ.
އެސްޓީއޯގެ އަމިއްލަ ޝިޕިންލައިނަކާއެކު އެ ކުންފުންޏަށް ރަނގަޅު އާމްދަނީއެއް ލިބޭނެކަމަށް އެސްޓީއޯއިން ބުނެއެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ޝިޕިންލައިނެއް އުފެއްދީ ރައީސް އިބްރާހިމް ނާސިރުގެ ސަރުކާރުގަ އެވެ.