ފޮޓޯ؛ ގޫގުލް

ނޯޕޭއަށް ފޮނުވާ ޑައިވަރުންނަށް ގާނޫނީ އެހީދެނީ

ކޮވިޑް19 އާއި ގުޅިގެން ޑައިވިން އިންޑަސްޓްރީގައި މަސައްކަތްކުރާ ޑައިވަރުންނަށް ވަޒީފާއިގައި ކުރިމަތިވާ ގޮންޖެހުންތަކަށް ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޑައިވާސް އެސޯސިއޭޝަނުން ނިންމައިފި އެވެ.

އެގޮތުން ޑައިވިން އެސޯސިއޭޝަނުން ބުނެފައިވަނީ، ކޮވިޑް19 އާއި ގުޅިގެން ޑައިވިން އިންޑަސްޓްރީގައި މަސައްކަތްކުރާ ވަރަށް ގިނަ އަދަދެއްގެ ފަރާތްތަކުގެ މުސާރައާއި އިނާޔަތްތައް ކުޑަކުރުމާއި، ވަޒީފާއިން ކަނޑާލުމާއި އެއްވެސް އުޖޫރައެއް ނުލިބޭގޮތަށް ނޯޕޭ ލީވަށް ފޮނުވަމުންދާކަން އެ އެސޯސިއޭޝަނަށް އެނގިފައިވާކަމަށެވެ. 

އަދި މިހާލަތުގައި މިފަދަ ނިކަމެތިކަމެއް ދިމާވާ، އެ ޖަމިއްޔާގެ މެމްބަރުންނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖައްސާފައިވާކަމަށް ޑައިވިން އެސޯސިއޭޝަނުން މައުލޫމާތުދީފައިވެއެވެ. 

އެގޮތުން ޖުލައި 21 ވަނަ ދުވަހު “ވިޝާމް އެންޑް ކޯ ލލޕ” ލޯފާއި އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން، ޑައިވަރުންނަށް އެހީތެރިކަން ފޯރުކޮށްދޭނެކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!