އިކޮނޮކިމް މިނިސްޓްރީގެ ޚިދުމަތްތައް ބަންދު ދުވަސްތަކުގައިވެސް ދޭނެ

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން ފޯރުކޮށްދޭ ބައެއް ހިދުމަތްތައް ސަރުކާރު ބަންދުނަމަވެސް ދޭން ނިންމައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީ އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ކޮވިޑް-19 އާއި ގުޅިގެން ސަރުކާރު ބަންދު ކޮށްފައި އޮތް ނަމަވެސް މިހާރު އެ މިނިސްޓްރީގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 09:00 އިން 01:00 އަށް އެ މިނިސްޓްރީ އިން ފޯރުކޮށްދޭ ބައެއް ހިދުމަތްތައް ރައްޔިތުންނަށް ލިބިގެން ދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ބުނެއެވެ. 

އޭގެ ތެރޭގައި ހިމެނެނީ ވިޔަފާރި ނަން ފާސްކުރުމާއި ރަޖިސްޓްރީކުރުމާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމާއި ކޯޕަރޭޓް ޕްރޮފައިލް ޝީޓް ދޫކުރުމާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރި ގިންތި ކުރުމާއި، ލޯގޯއާއި ސީލް ރެޖިސްޓްރީކުރުމުގެ އިތުރުން ޓްރޭޑްމާކް ރަޖިސްޓްރީއާއި، ވިޔަފާރި ހަރަކާތް ރަޖިސްޓްރީކުރުމުގެ ޚިދުމަތް ހިމެނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!