ޓްރެވަލާސް ކްލިނިކް، ފްލޫ ކްލިނިކަކަށް ބަދަލުކޮށްފި

މާލޭ ހިޔާ ދޭއްގެ ފުރަގަހުގައި ހަދާފައިވާ ޓްރެވަލާސް ކްލިނިކް، ފްލޫ ކްލިނިކަކަށް ބަދަލުކޮށް ޚިދުމަތްދޭން ފަށައިފިއެވެ.

އައިޖީއެމްއެޗުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އިއްޔެއިން ފެށިގެން ޓްރެވެލް ކްލިނިކަކީ ފްލޫ ކްލިނިކެއްގެ ގޮތުގައި ބޭނުންކުރަން ފަށާފައިވާ ކަމަށެވެ. 

އައި.ޖީ.އެމް.އެޗުން ބުނީ، މިތަނުގެ ޚިދުމަތް ކޮންމެ ދުވަހެއްގެވެސް ހެނދުނު 10 އިން ރޭގަނޑު 10 ޖެހުމާހަމައަށް ލިބޭނެކަމަށެވެ. އަދި މި ކްލިނިކަށް ދިވެހިންގެ އިތުރުން ބިދޭސީންނަށްވެސް ޑޮކްޓަރަށް ދެއްކޭނެކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ. އައި.ޖީ.އެމް.އެޗުން ވަނީ ހުން އައިސް ކެއްސާނަމަ ނުވަތަ ރޯގާގެ އަލާމާތެއް ހުރިނަމަ ސީދާ އެ ހޮސްޕިޓަލަށް ދިއުމުގެ ބަދަލުގައި މާލޭ ހިޔާ 2 ފުރަގަހުގައި ހަދާފައިވާ ފްލޫ ކްލިނިކަށް ދިއުމަށް އާއްމުންގެ ކިބައިން އިލްތިމާސްކުރައްވާފައެވެ.

މިތަން އެންމެ ފުރަތަމަ ޚާއްސަކޮށްފައިވަނީ ރާއްޖެއިން ބޭރަށް ދަތުރުކޮށް، 14 ދުވަހުގެ ޓްރެވަލް ހިސްޓްރީއެއް އޮތް ފަރާތްތަކުގެ ތެރެއިން ކޯވިޑް-19 އަށް ޝައްކުކުރެވޭ ޢަލާމާތެއް ނުވަތަ ހުމާ ރޯގާގެ އަލާމާތެއް ހުރި ފަރާތްތައް ޑޮކްޓަރަށް ދެއްކުމަށެވެ. ނަމަވެސް ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށްޓަކާ ރާއްޖެއިން އޮންއަރައިވަލް ވިސާ ދޫކުރުން ހުއްޓާލުމާއި، ރާއްޖެއިން ބޭރުން ދަތުރުކޮށްފައި އަންނަ ހުރިހާ ދިވެހިންވެސް ކަރަންޓީން ފެސިލިޓީއަކަށް ލުމަށް ނިންމާފައިވުމުން، ޓްރެވަލާސް ކްލިނިކް ވަނީ ފްލޫ ކްލިނިކަކަށް ބަދަލުކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!