މެލޭޝިއާ އާއި ޓްރެވެންޑް އިން މީހުން ގެންނަން މޯލްޑިވިއަން އިން ދަތުރުތަކެއް ކުރަނީ

މެލޭޝިއާގެ ކުއަލަރަމްޕޫރަށާއި އިންޑިއާގެ ޓްރެވެންޑްރަމަށް ވެސް ވަރަށް އަވަހަށް މޯލްޑިވިއަންއިން ފްލައިޓްތައް އަޅާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ފޮރިން މިނިސްޓަރު މިއަދު މި ޔަގީންކަން އެރުވީ، އިންޑިއާގެ ކޮޗިންއަށާއި ސްރީލަންކާގެ ކޮލަމްބޯއަށް މޯލްޑިވިއަންއިން ފްލައިޓް އަޅަން ނިންމާފައިވަނިކޮށެވެ.

ކޮޗިންއަށް އަޅަނީ 200 މީހުންގެ ޖާގައިގެ ފްލައިޓެކެވެ. އެއީ އެ ތަނުގައި ތިބި ދިވެހިންގެ ތެރެއިން އަންނަން ބޭނުންވާ މީހުން ގެނައުމަށެވެ. ކޮލަމްބޯއަށް އަޅަނީ 50 މީހުންގެ ޖާގައިގެ ދެ ފްލައިޓެވެ.

މި ފްލައިޓްތަކުގައި ރާއްޖެ އަންނަ މީހުން 14 ދުވަހުގެ ކަރަންޓީނުގައި ތިބެން ޖެހޭނެ އެވެ.

އިންޑިއާގެ ޓްރެވެންޑްރަމަށާއި މެލޭޝީއާގައި ވެސް ގިނަ ދިވެހިންތަކެއް ރާއްޖެ އަންނަން ބޭނުންވެފައި އެބަ ތިއްބެވެ. ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ އެ ދެ ތަނަށް އަޅާ ފްލައިޓްތަކުގެ މައުލޫމާތު ވަރަށް އަވަހަށް ހާމަ ކުރައްވާނެ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!