ކޮވިޑް-19: ކެޔޮދޫން ނެގި ސާމްޕަލް ނެގެޓިވް

ކޮވިޑް-19 ގެ އަލާމާތްތަކެއް ފެނިގެން ވ. ކެޔޮދޫއިން ދިވެއްސަކު ގައިން ނެގި ސާމްޕަލް ނެގެޓިވް ކަމަށް ކޮވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.

ދިވެއްސެއްގެ ގައިން ކޮވިޑް-19 ގެ އަލާމާތްތަކެއް ފެނިގެން ކެޔޮދޫ ވަނީ މޮނިޓަރިންގެ ޙާލަތަށް ގެނައެވެ. އަދި އެމީހާގެ ސާޕްމަލް ނަގާ ޓެސްޓް ނަތީޖާ ނެގެޓިވް ވުމުން އެރަށް ވަނީ މޮނިޓަރިންގެ ޙާލަތުން ނެގިފައެވެ.

މަބްރޫކް ވިދާޅުވީ އިތުރު ރަށެއް މިހާތަނަށް މޮނިޓަރިންގެ ހާލަތުން ނަގާފައިވާއިރު، މޮނިޓަރިންގެ ޙާލަތުގައި މިވަގުތު އޮތީ ކޮންސްޓެންސް މޫފުށި އެކަންޏެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި 19 މީހުންގެ ތެރެއިން 13 މީހަކު ރަނގަޅުވެފައިވާ އިރު މިހާރު ފަރުވާ ދެމުން އަންނަނީ އިގިރޭސިވިލާތުން އައި 4 ދިވެހިންނަށެވެ. އިތުރު ދެ މީހަކު ވަނީ ފުރައިގެން ގޮސްފައެވެ. މަބްރޫކް ވިދާޅުވީ ރާއްޖޭގައި ފަރުވާ ދެމުންދާ 4 މީހުންގެ ޙާލުވެސް ރަނގަޅު ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!