ފޮޓޯ: މިހާރު

ކުރެވޭ ކަމަކުން 24 ގަޑިއިރުގެ ކާފިއުއަކަށް ދާންޖެހިދާނެ: ޑރ. މުރާދު

ކުރެވޭ ކަމެއްގެ ސަބަބުން މިހާރު އިއުލާންކޮށްފައިވާ ތިން ގަޑިއިރުގެ ކާފިއު 24 ގަޑިއިރުގެ ކާފިއު ހާލަތަކަށް ވެސް ބަދަލުވެދާނެ ކަމުގެ އިންޒާރު ޑރ. މޫސާ މުރާދު ރޭ ދެއްވައިފިއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.މުރާދު ވިދާޅުވީ މަގުމަތީގައި ނޫޅެވޭ ގޮތަށް ވަކި ގަޑިއެއް މިހާރު ކަނޑައަޅާފައިވާއިރު އެ ގަޑި ނަގައިގަންނަން ޖެހެނީ މަޖުބޫރީއެއްގެ ގޮތުގައި ނޫން ކަމަށާއި އޭގެ ބަދަލުގައި މިއީ ބަލިން ރައްކާތެރިވުމަށް ލިބެ ފުރުޞަތެއްގެ ގޮތުގައި ބެލުން މުހިންމު ކަމަށެވެ.

އަދި 24 ގަޑިއިރު މިފަދަ ބަންދަކަށް ނުގޮސް ތިބެވެނީ ނަސީބު ރަނގަޅުކަމުން ކަމަށާއި ނަމަވެސް ކުރެވޭ ކަމަކުން އެ ހާލަތަށް ވެސް ގޮސްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

“އެހެން ނަމަވެސް ކުރެވޭ ކަމެއްގެ ސަބަބުން މިފަދަ ހާލަތަކަށް ދިއުމަކީ ވަރަށް އެކަށީގެންވާ ކަމެއް. އަޅުގަނޑުގެ ވެސް އިލްތިމާސަކީ އަދި މި ފެންނަ މަންޒަރަކީ މިއީ މަޖުބޫރީ ގަޑިއެއްގެ ގޮތުގައި ދެކެވިގެން އެ ގަޑި ޖެހެންވާ އިރަށް ވަރަށް ގިނައިން މަގުމަތީގައި އެކި ކަންތައް ކުރުމަށް މަގުމައްޗަށް ނުކުމެވިފައި އަދި އެ ގަޑި ނިމޭއިރަށް ކުއްލިއަކަށް މަގުމައްޗަށް މަޖްބޫރީން ދޫވާ ހާލަތެއް އައިހެން ހީވެގެން ހުރިހާ އެއްމެން އަނެއްކާ ވެސް ނިކުމެގެން ދުއްވައިގަންނަ ކަހަލަ މަންޒަރެއް އަޅުގަނޑުމެންނަށް މި ފެންނަނީ. މިއީއެއް ނޫން މިކަމުގެ ބޭނުމަކީ” ޑރ.މުރާދު ވިދާޅުވިއެވެ.

ޑރ.މުރާދު ވިދާޅުވީ މިކަމުގެ ބޭނުމަކީ އެންމެންނަށް ރައްކާތެރިކަމެއްގެ ފިޔަވަޅެއްގެގޮތުން ކުރެވޭ ކަންތައްތަކެއް ކަމަށާއި އެކަންތައް އެގޮތުގައި ބަލައިގަނެ ކޮންމެ ގަޑިއެއްގައިވެސް އެކަކު އަނެކަކާ ދުރުމިން ބެހެއްޓޭ ވަރަށް ކަންތައްތައް އަދި އަމަލުތައް ބެހެއްޓުން ވަރަށް މުހިންމު ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!