ނިޔަފަތި ދިގުތަ؟ އަވަހަށް ކަނޑާ!

މުޅި ދުނިޔެއަށް ދިމާވެފައިވާ ނުރައްކާތެރި ކޮރޯނާވައިރަހުން ސަލާމަތްވެ ތިބުމަށް، ސާފުތާހީރުކަން އިސްކުރުމަށް ޑޮކްޓަރުންނާއި ސިއްޙީ މާހިރުން އަންނަނީ ކެނޑިނޭޅި ނަސޭހަތްތެރިވަމުންނެވެ. އެގޮތުން، ދާދި ފަހުން އޮސްޓްރޭލިއާގެ ނަރުހަކާ ހަވާލާދީ އާންމުކުރި ފޭސްބުކު ޕޯސްޓެއްގައި ބުނާ ގޮތުން، ކޮރޯނާވައިރަހުން ރައްކާތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި އަތާއި ފައިގެ ނިޔަފަތިތައް ކެނޑުން ވަރަށް މުހިންމެވެ.

މީގެ އިތުރުން، މަޝްހޫރު ‘އިންސައިޑާ’ މެގެޒިންއަށް ޑރ. ނޭހާ ޕަޓަކް ދިން އިންޓަވިއުއެއްގައި ހާމަކުރި ގޮތުގައި، މި ދަނޑިވަޅުގެ ނިޔަފަތި ތަކުގެ ސާފުތާހިރު ކަމަށް ވަރަށް ބޮޑަށް ބަލަން ޖެހޭނެއެވެ. އޭނާ އިރުޝާދުދޭ ގޮތުގައި، ނިޔަފަތިތައް ބަހައްޓަން ޖެހޭނީ އިނގިލީގެ ކޮޅަށްވުރެ ދިގު ނޫން ވަރެއްގައެވެ. އަދި ހަމައެހެންމެ، އަނގައިން ނިޔަފަތިކެނޑުމުގެ އާދައާ ވެސް ދުރުވާން ޖެހޭނެ ކަމަށް ޑރ. ނޭހާ އިރުޝާދުދެއެވެ.

ހަންގަނޑާއި ނިޔަފަތީގައި ކޮރޯނާވައިރަސް ދެމިހުންނަނީ ކިހާ އިރެއް ވަންދެން ކަން މިހާތަނަށް ހާމަވެފައި ނެތަސް، އެންމެ ރައްކާތެރި ގޮތަކީ ނިޔަފަތިތައް ކަނޑައިގެން ހުރުން ކަމަށް ތަޖުރިބާކާރުން ލަފާދެއެވެ. ސަބަބަކީ، ނިޔަފަތި ތަކުގެ ދަށުގައި ވަރަށް ފަސޭހައިން ޖަރާސީމު ހަރުލާފައި ހުންނާތީ، އެއީ ވައިރަސް ފެތުރުމަށް ލިބޭ ޖަގަހައަކަށް ވެދާނެތީ ކަމަށް އެމީހުން ބުނެއެވެ.

އަދި ކިތަންމެ ގިނައިން އަތްދޮވުނު ކަމުގައި ވިޔަސް، ނިޔަފަތި ތަކުގެ ދަށުގައި ހުންނަ ޖަރާސީމު ނައްތައިލުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް ކަމާބެހޭ މާހިރުން ހާމަކުރެއެވެ. އެހެންކަމުން، މިކަން ކަމަށް ވިސްނައިގެން، ސާފުތާހިރު ކަމަށް އެންމެ އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށް ލަފާދެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!