ކާފިއުގެ ވަގުތު މިއަދު ވެސް 141 މީހަކަށް ނަސޭހަތް ދީފި

މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި މިއަދު ހަވީރު ކާފިއު އިއުލާންކޮށްފައި އޮތް ވަގުތުގެ ތެރޭގައި މަގުތަކަށް ނިކުތް 141 މީހަކަށް ފުލުހުން ނަސޭހަތް ދީފިއެވެ.

ފުލުހުން މިއަދު ބުނި ގޮތުގައި ކާފިއުގެ ވަގުތުގައި މިއަދު 141 މީހަކަށް ނަސޭހަތްތެރިވިއިރު އޭގެ ތެރޭގައި ހިމެނެނީ 22 ދިވެހިންނާއި 119 ބިދޭސީންނެވެ.

ބޭރަށް ނުކުތުން މަނާ ގަޑިތަކުގައި ބޭރުގައި އުޅޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ފުލުހުންވަނީ މިއަދު ނިންމާފައެވެ. އެހެންނަމަވެސް މިއަދު އެއވެސް މީހަކާ މެދު ފިޔަވަޅު އަޅާފައެއް ނުވެއެވެ. ފުލުހުން ވިދާޅުވީ ދެވަނަ ފަހަރަށް އަދި ތިންވަނަ ފަހަރަށް ދޭ ނަސޭހަތާއި އިންޒާރު ގުނާނީ މިމަހުގެ 2ވަނަ ދުވަހުން ފެށިގެން ފުލުހުން ރެކޯޑް ކޮށްފައިވާ މަޢުލޫމާތަށް ބެލުމަށް ފަހުކަމަށެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އިއްޔެ ނެރުއްވި އެންމެގުމެއްގައި ވަނީ ވަކި ގޮތެއް އަންގަންދެން ކޮންމެ ދުވަހެއްގެ ހަވީރު 17:00 އިން ރޭގަނޑު 20:00 އާ ހަމައަށް މާލޭ ސަރަހައްދުގެ މަގުތަކުގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމަތީގައި މީހުން އުޅުން ހުއްޓާލަން އަންގާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!