އިންޑިއާގެ ކޮޗިން އަދި ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ތިބި ދިވެހިން އަނބުރާ ގެންނަން މޯލްޑިވިއަނުން ފްލައިޓުތަކެއް ބޭއްވުމަށް ނިންމައިފިއެވެ.
މޯލްޑިވިއަނުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ މާދަމާ ސްރީ ލަންކާއަށް ދެ ދަތުރުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ހޯމަ ދުވަހު އިންޑިއާގެ ކޮޗިންއަށް ވެސް ދަތުރެއް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.
މޯލްޑިވިއަންގެ ފްލައިޓުތަކުގައި ރާއްޖެއަށް އަންނަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ނަން ނޯޓު ކުރުމުގެ ފުރުޞަތު އެއެއަރލައިނުން ވަނީ ހުޅުވާލާފައެވެ.
ސްރީ ލަންކާގެ ކޮލޮމްބޯއަށް ދަތުރުކުރުމަށް މޯލްޑިވިއަނުން ބޭނުންކުރުމަށް ހަމަޖެހިފައިވަނީ 50 ގޮނޑީގެ މަތިންދާ ބޯޓެކެވެ. އަދި އިންޑިއާގެ ޗެންނާއީއަށް ދަތުރުކުރުމަށް ބޭނުންކުރާނީ 200 ގޮޑީގެ މަތިންދާ ބޯޓެއް ކަމަށްވެސް އެއަރލައިނުން ހާމަކުރެއެވެ.