ފަން އައިލެންޑް ރިޒޯޓުގައި 14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަކުރި 49 ދިވެއްސަކު ބައްޔަށް ޓެސްޓު ކުރުމުން ނެގެޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. .
ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ބުނީ، ފަން އައިލެންޑް ރިސޯޓްގައި ކަރަންޓީނުކޮށްފައި ތިބި 49 މީހެއް ކަރަންޓީނުގައި ތިބޭތާ 14 ދުވަސްވުމުން މިއަދު، އެ ބައްޔަށް ޓެސްޓްކޮށްފައިވާ ކަމަށެވެ. އަދި އެ އެންމެންގެ ޓެސްޓްވެސް ނެގެޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
ކަރަންޓީނު ފެސިލިޓީތަކުގައި 14 ދުވަސް ހަމަކުރުމަށްފަހު ވައިރަސް އަށް ނެގެޓިވްތޯ ޓެސްޓު ކުރާނީ 15 ވަނަ ދުވަހު އެވެ. އަދި އެއަށްފަހު ނަތީޖާ ލިބުމުން ކަރަންޓީނު ފެސިލިޓީއިން ގެއަށް ބަދަލުކުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
އެގޮތުން އެ އެންމެންގެ ޓެސްޓްގެ ނަތީޖާ ވެސް ނެގެޓިވްވުމުން މިއަދު ގެއަށް ބަދަލުކޮށްފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.