ފޮޓޯ: ސަން

ކޮވިޑް-19: ފަރުކޮޅުފުށީގައި ކަރަންޓީންގެ ފެސިލިޓީ ޤާއިމުކުރުމަށް 5.9 މިލިއަން ރުފިޔާ ހޭދަކޮށްފި

ފަރުކޮޅުފުށީގައި ކަރަންޓީންގެ ފެސިލިޓީ ޤާއިމުކުރުމަށް 5.9 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ކޮވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.

ރޭ ކޮވިޑް-19ގެ އެންމެފަހުގެ މަޢުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ފަރުކޮޅުފުށި ތަރައްޤީ ކުރީ ދެފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ.

އެގޮތުން މިހާރު ޤާއިމުކުރެވިފައިވާ ކަރަންޓީންގެ ފެސިލިޓީއާ ބޭނުންކުރާ އެކިއުޕްމެންޓާއެކު ޖުމުލަ 5.9 މިލިއަން ރުފިޔާ ޚަރަދުވެފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ފަރުކޮޅުފުށި އަލުން ހުޅުވާފައިވަނީ 50 އެނދާއި، 2 އައިސީޔޫ އެނދުގެ އިތުރުން، 1 ވެންޓިލޭޓަރުގެ ޚިދުމަތާއެކުއެވެ. މިހާރު ފެސިލިޓީގެ ވާރޑުތައް އޭސީކޮށް، ހުރިހާ ވާރޑެއްގައި ބިއްލޫރި ވަނީ ޖަހާފައެވެ.

އަދި ޓީވީ ހަރުކޮށް، ކޮންމެ ވާރޑެއްގައިވެސް ވައިފައިއާއެކު ޓީވީއެއް ބެހެއްޓިފައި ހުންނާނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!