ފޮޓޯ: މިހާރު

ލަންކާ އަށް ތަކެތި ފޮނުވަން އަވީގައި ދިގު ކިޔޫއެއް ހަދާލައިފި

މޯލްޑިވިއަން އިން ލަންކާ އަށް މާދަމާ ބާއްވާ ކާގޯ ދަތުރުގައި ސްރީ ލަންކާގައި ތިބި ދިވެހި އާއިލާތަކަށް ތަކެތި ފޮނުވަން އަވީގައި ދިގު ކިޔޫއެއް މިއަދު ހަދައިފި އެވެ.

ސަރުކާރުން ނިންމާފައި ވަނީ ކޮންމެ އާދިއްތަ ދުވަހަކު ބާއްވާ މޯލްޑިއަންގެ ކާގޯ ދަތުރުގައި، ލަންކާގައި ތިބި ދިވެހިންގެ ޒަރޫރީ ބޭނުންތަކަށް ތަކެތި ފޮނުވޭ ގޮތަށެވެ. ލަންކާގައި ދިރިއުޅޭ ކޮންމެ ދިވެހި އާއިލާއަކަށް 15 ކިލޯގެ ތަކެތި ހިލޭ ގެންގޮސްދޭން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ކާގޯ ފެލައިޓުތައް މެދުވެރިކޮށް ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ކެެއާ ޕެކޭޖުތައް ގިނަ ބަޔަކު ކިއުަގއި ތިބީ، ގްރޭޓާ މޭލެ ބަސް ޓާމިނަލް ކައިރީގައެވެ. މި ކާގޯ ދަތުރުތައް ކުރުމަށް ހަމަޖެހިފައި ވަނީ، މޯލްޑިވިއަން ކަމަށްވުމާއެކު، ކެއާ ޕެކޭޖުތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ގްރޭޓާ މާލެ ބަސް ސްޓޭޝަނުގައި ހުންނަ މޯލްޑިވިއަން ސިޓީ ޗެކިން އޮފީހުންނެވެ.

ކޮންމެ ހޮނިހިރު ދުވަހެއްގެ ހެދުނު 9:00 އިން މެންދުރު 1:00 ގެ ނިޔަލަށް ކެއާ ޕެކޭޖުތައް ބަލައިގަތުމަށް ހަމަޖެހިފައިވާއިރު، ގްރޭޓާ މާލެ ބަސް ޓާމިނަލް ސަރަހައްދުގައި ގިނަ ބަޔަކު ކިއު ހަދާލާގައި ވަނީ އަވީގައެވެ.

އަވީގައި ކިއު ހަދައިގެން ތިބެ، މިއަދު 11:00ގެ ނިޔަލަށް 666 ކެއާ ޕެކޭޖު މޯލްޑިވިއަންއާ ހަވާލުކޮށްފައިވާ ކަމަށް އެ އެއާލައިނުން ބުނެއެވެ. މީގެ އިތުރުން، ގިނަ ބަޔަކު އަވީގައި ތިބެން ޖެހުމުން، އެކަމުގެ ޝަކުވާތައް ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެން، އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ ވިދާޅުވީ، ކެއާ ޕެކޭޖު ހަވާލު ކުރުުމުގެ ޕްރޮސީޖާ ރިވިއު ކުރައްވާނެ ކަމަށެވެ.

ގްރޭޓާ މާލެ ބަސް ޓާމިނަލުގައި ކެއާ ޕެކޭޖުތައް ބަލައިގަތުން ކުރިއަށްދާއިރު، ޓާމިނަލް ތެރޭގައި ގޮނޑި ޖަހާފައި ވަނީ އިޖުތިމާއީ ގައި ދުރުކަމަށް ބަލައިގެންނެވެ.

ކާގޯގެ ގޮތުގައި ކެއާ ޕެކޭޖު ފޮނުވޭނީ ވަކި އަދަދެއް ކަމުން، ކެއާ ޕެކޭޖުތައް ފޮނުވަން ހަމަޖެހިފައި ވަނީ ފޯމް ހުށަހަޅާ ތަރުތީބަށް އިސްކަން ދީގެންނެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!