ރިތިކްގެ ވާހަކަ ގްރޭޑް 6 ގެ ޓެކްސްޓް ފޮތެއްގައި

ބޮލީވުޑުގެ ތަރި، ރިތިކް ރޯޝަންގެ ހަޔާތާ ގުޅޭ މައުލޫމާތު، ތަމިލް ނާޑޫގެ ގްރޭޑް ހައެއް ޓެކްސްޓް ފޮތުގައި ހިމަނައިފި އެވެ.

ފިލްމު “ކަހޯ ނާ ޕިޔާރު ހޭ” އިން 2000 ވަނަ އަހަރު ބޮލީވުޑަށް ނުކުމެ މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ 46 އަހަރުގެ އެކްޓަރުގެ ވާހަކަ ޓެކްސްޓް ފޮތެއްގައި ހިމަނާފައި ވަނީ ވާހަކަ ދައްކާއިރު އާގަންނަ މައްސަލަ ކުރިން ވަރަށް ބޮޑަށް ހުރި ރިތިކް އެކަމުން އަރައިގަންނަން މަސައްކަތްކޮށް ފާހަގަކޮށެވެ.

އެގޮތުން ގްރޭޑް 6 ގެ ދަރިވަރުންގެ “ލައިފް އެންޑް ވެލިއުސް” ޓެކްސްޓް ފޮތުގައި އޭނާގެ ކުޑަކުޑަ ފޮޓޯއާ އެކު އެ ވާހަކަ ހިއްސާކޮށްފައި ވަނީ ފޮތުގައި ހިމަނާފައިވާ “ސެލްފް ކޮންފިޑެންސް” ނުވަތަ އަމިއްލަ ނަފުސަށް އިތުބާރުކުރުމުގެ މުހިއްމުކަމާ ބެހޭ ބާބުގަ އެވެ.

ރިތިކްގެ ސަޕޯޓަރަކު އެކަން ހިއްސާކޮށް ކުރި ޓްވީޓުގައި ބުނީ އޭނާގެ ކޮއްކޮގެ ގްރޭޑް ހައެއްގެ ޓެކްސްޓް ފޮތް ބަލަމުން ދަނިކޮށް ފެނުނީ ރިތިކްއާ ގުޅިގެން ލިޔެފައިވާ ލިޔުމެއް ކަމަށެވެ. އޭނާ ވަނީ އެ ސޮފުހާގެ ފޮޓޯއެއް ވެސް ހިއްސާކޮށްފަ އެވެ.

ރިތިކްގައި ގުޅިގެން މި ފޮތުގައި އޭނާއަކީ ކުޑައިރު ސްޕީކިން ޑިސްއެބިލިޓީ ނުވަތަ ވާހަކަ ދެއްކުމުގައި އުނިކަމެއް ހުރި ފަރާތެއް ނަމަވެސް އަމިއްލަ ނަފުސައަށް އޮތް އިތުބާރުގެ ސަބަބުން އޭނާއަށް ކުރިއަށް ދެވުން ގޮތް ހިމަނާފަ އެވެ. 

އޭގެ އިތުރުން ސްކޫލުގައި ބްލީގެ ޝިކާރައަކަށްވެ، އެތައް ދުވަހަކު ރޮމުން ގެއަށްދާ ކަމާއި ނަމަވެސް ފަހުން ތެރަޕީ ނަގަން ފެށި ކަމާއި އަދި ފަހުން ލޯގަނޑުގެ ކުރިމަތީގައި އެތައް ގަޑިއިރުތަކެއް ހޭދަކޮށް ބަސްތައް ކިޔަން ދަސްކުރިކަން ވެސް މި ލިޔުމުގައިވެ އެވެ.

ރިތިކްގެ ދިރިއުޅުމުގެ ވާހަކަ މީގެ ކުރިން ވެސް އެހެން ފޮތެއްގައި ހިމަނާފައިވެ އެވެ.

ދެހާސް އަށާރަ ވަނަ އަހަރު ރިތިކްގެ ދައްތަ ސުނައިނާ ރޯޝަން އޭނާގެ ބްލޮގްގައި ވެސް ވަނީ ކޮއްކޮގެ ހަޔާތާ ގުޅިގެން ލިޔެފަ އެވެ. އެގޮތުން އޭރު ބަސްތައް ކިޔަން ރިތިކް އުޅުން ގޮތް ހިއްސާކުރަމުން ސުނައިނާ ބުނީ އެތައް ގަޑިއިރެއް ވަންދެން ބަސް ކިޔަން ދަސްކުރަން އުޅުން ކަމަށެވެ. ހެނދުނާއި ރޭގަނޑާއި އަދި ފާހާނައިގައި އުޅޭ ވަގުތުގައި ވެސް އެގޮތަށް ބާރަށް ބަސް ކިޔާ އަޑުއިވުންކަން ފާހަގަކުރަމުން ސުނައިނާ ބުނީ އެ މަންޒަރު 22 އަހަރު ވަންދެން އޭނާއަށްފެނުނު ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!