ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނު ޗައިނާގެ ވޫހާން އެއާޕޯޓް ޑިސްއިންފެކްޓްކޮށް އަލުން ހުޅުވުމުގެ މަސައްކަތް އެގައުމުން ފަށައިފި އެވެ.
އޭޕްރިލް އަށް ވަނަ ދުވަހު އެ ސިޓީ ލޮކްޑައުނުން ނެގުމާއެކު އެ އެޕޯޓް އަލުން ހުޅުވާލެވޭނެ އެވެ. އަދި އެއާޕޯޓް އަލުން ހުޅުވުމުގެ ކުރިން އެއާޕޯޓަކީ މުވައްޒަފުންނަށާއި ފުރަން އަންނަ ފަރާތްތަކަށް ރައްކާތެރި ތަނަކަށް ހެދުމަށް 161 މީހުން ވަނީ 570,000 އަކަ މީޓަރުގެ ބޮޑު އެއާޕޯޓް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ހުކުރު ދުވަހު ފަށާފަ އެވެ.
އެގޮތުން އެ ޓީމުން ވަނީ ގޮނޑިތަކާއި ލިފްޓްތައް އަދި ޓްރޯލީތައް ޑިސްއިންފެކްޓް ކޮށްފަ އެވެ.
އަދި އެއާޕޯޓް ހުޅުވުމާއެކު އެންމެ ރައްކާތެރި ގޮތުގައި މަސައްކަތްތައް ކުރުމަށް އެއާޕޯޓެގެ ސްޓާފުންނަށް ވަނީ ތަމްރީން ޕްރޮގްރާމް ތަކެއް ކުރިއަށް ގެންގޮސްފަ އެވެ.