ވިސާ އެކްސްޕަޔާ ވެފައިވާ ނަމަ ޖުރިމަނާ ނާރާނެ

ބަންދު ދުވަސްތަކުގައި ވިސާ އެކްސްޕަޔާ ވެފައިވާ ނަމަ ޖުރިމަނާ ނާރާނެ ކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.

ކޮވިޑް19 ޓާސްކްފޯސްގެ ތަރުޖަމާން މަބްރޫކް އަޒީޒް މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ވިސާ ހަމަވެފައިވާ ފަރާތްތަކުން ސަރުކާރު ހުޅުވޭތާ 10 ދުވަހުގެ ތެރޭގައި ވިސާއަށް އެޕްލައިކުރުމަށް އެދޭކަމަށެވެ. 

އަދި ބަންދުގެ މުއްދަތުގެ ތެރޭގައި ވިސާ ހަމަވާ ފަރާތްތަކަށް އެ ދުވަސްތަކުގައި ޖުރިމަނާ ނާރާނެކަމަށް މަބްރޫކް ވިދާޅުވި އެވެ. 

މިހާރު ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 އިން ރައްކާތެރި ވުމަށް ރާއްޖެއިން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައިއެވެ. އެގޮތުން މިވަގުތަށް ވަނީ ރާއްޖެއަށް އެއްވެސްމީހަކަށް ނާދެވޭނެ ގޮތަށް ބޯޑަރު ބަންދުކޮށްފައިއެވެ.

މި ވައިރަސް އަށް މިހާތަނަށް ރާއްޖެއިން ވަނީ 19 މީހަކު ޕޮޒިޓިވް ވެފައިއެވެ. އޭގެ ތެރޭގައި 4 ދިވެހިންވެސް ހިމެނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!