ދާއިމީ ބަލި މީހުންގެ ބޭސް އެސްޓީއޯ އިން ގެނެސްދެނީ

ދާއިމީ ބަލިތަކަށް ފަރުވާ ކުރާ މީހުން ބޭނުންކުރާ ބޭހުގެ ތެރެއިން ރާއްޖެއިން ނުލިބޭ ބޭސް ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯ މެދުވެރިކޮށް ގެނެސްދެވޭ އިންތިޒާމެއް ހަމަޖައްސައިފި އެވެ.

ސަރުކާރުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ މިހާރު އޮތް ހާލަތާއެކު ދާއިމީ ބަލިތަކަށް ބޭސް ފަރުވާ މީހުން ބޭނުންކުރާ ބޭހުގެ ތެރެއިން ރާއްޖެއިން ނުލިބޭ ބޭސް އެސްޓީއޯން ގެނެސްދޭނެ ކަމަށެވެ.

އެގޮތުން ބޭސް ސިޓީ ހިފައިގެން އެސްޓީއޯ ހެންވޭރު ފާމަސީއަށް ދިއުމުން ބޭސް ރާއްޖެ ގެނެވޭނެ އިންތިޒާމް ހަމަޖައްސައިދޭނެ އެވެ.

“ދާއިމީ ބަލިތަކަށް ބޭސްކުރާ ފަރާތްތައް، ރާއްޖެއިން ނުލިބޭ ބޭސް ބޭނުންކުރާ މީހުންގެ ކަންކަން މިހާރު ހަމަަޖައްސައި ދޭނީ އެސްޓީއޯގެ ފާމަސީން. އެސްޓީއޯ ހެންވޭރު ފާމަސީއަށް ދާން ޖެހޭނީ، ޕްރެސްކްރިޕްޝަން ހިފައިގެން. ބޭސް ސިޓީ ހިފައިގެން ދިއުމުން އެ އިންތިޒާމް ރާވައިދޭނެ. އެއީ އާސަންދަ ކަވަރުކުރާ ނުވަތަ އެންސްޕާއިން ކުރާ ކަމަށްވަނީ ވިއްޔާ އާސަންދަ ނުވަތަ އެންސްޕާއިން އެ ލިޔުން ހޯދުމުން އެކަން ކޮށްދޭނެ،” މަބުރޫކް ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!