ރާއްޖެ އަށް ފިޔަ އާއި ބިސް ހިފައިގެން ދަތުރު ކުރި ބޯޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ރާއްޖެއަށް ފިޔަ އާއި ބިސް ހިފައިގެން ދަތުރުކުރަމުން ދިޔަ އިންޑިއާގެ ބޯޓެއްގެ އިންޖީނުގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފުން ބުނީ، އިންޑިއާއިން ފިޔައާއި ބިސް ހިފައިގެން ރާއްޖެ ދަތުރުކުރި މުދާ އުފުލާ، ‘އެމްވީ ވީބީ ޕްރޮގްރެސް’ ނަމަކަށް ކިޔާ ބޯޓުގެ އިންޖީނުގައި ރޭ އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅެކަމުގެ ރިޕޯޓް ކޯސްޓް ގާޑަށް ލިބިފައިވާ ކަމަށެވެ. މި ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ، ބޯޓު ރާއްޖޭގެ ބޭރު ކަނޑުން ދަތުރުކުރަމުން ދަނިކޮށް ރޭ 12:30 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ، މި ބޯޓުގައި ތިބީ 11 އިންޑިއާ ފަޅުވެރިން ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިވާކަމުގެ މައުލޫމާތު ލިބިފައި ނުވާއިރު، ބޯޓުގެ ފަޅުވެރިން އިންޖީނު ހަދައިގެން ދަތުރުކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ މި ބޯޓު މިހާރު ދަނީ މަޑުމަޑު ރާއްޖެއާ ދިމާލަށް ދަތުރުކުރަމުން ކަމަށެވެ. އަދި މިއަދު ހަވީރު 3:00 ޖަހާއިރަށް ބޯޓު މާލޭ ބަނދަރަށް ވަނދެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!