ތައިލެންޑުން ރާއްޖެއަށް 10 ޓަނުގެ ކާގޯ މިއަދު ގެނެސްދީފިއެވެ.
ކޮވިޑް-19 ގެ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިރޭ ވިދާޅުވީ ރާއްޖެއަށް އަންނަ ހުރިހާ ފަސެންޖާ ޕްލައިޓްތައް މިހާރު ހުއްޓާލުމުގެ ސަބަބުން ރާއްޖެއަށް ވިޔަފާރިވެރިން ގެންނަ މުދާތައް ގެނައުމުގައި ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހިފައިވުމުން އެކަންކަން ހައްލު ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
މަބްރޫކް ވިދާޅުވީ މިއަދު ރާއްޖެއަށް އައި ތައިލޭންޑުގެ ބޯޓުން 10 ޓަނުގެ މުދާ ރާއްޖެއަށް ގެނެސްފައިވާ ކަމަށެވެ.
މަބްރޫކް އިތުރަށް ވިދާޅުވީ އެއީ ކާބޯތަކެއްޗާއި ތަކުރާރީއާ އަދި ބޭހުގެ ބާވަތްތައް ކަމަށާއި މީގެއިތުރުން ބައެއް ވިޔަފާރިވެރިންގެ މުދާވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.