ލަންކާއިން ރެކޯޑު އަދަދެއްގެ ޑްރަގްސް އަތުލައިގެންފި

ސްރީލަންކާގެ ކަނޑުގެ ސިފައިން 65 މިލިއަން ޑޮލަރުގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ. 

އެ ގައުމުގެ ކަނޑުތައް ބަލަހައްޓާ ނޭވީ އިން ހާމަކޮށްފައިވާ ގޮތުގައި އެއްވެސް ދިދަ އެއް ނުނަގައި ދަތުރުކުރަމުން ދިޔަ ބޯޓެއް ހުއްޓުވައި، ބަލައި ފާސް ކުރުމުގެ ތެރޭގައި ރެކޯޑު އަދަދަކަށް މަސްތުވާތަކެތި ވަނީ އެ ބޯޓުން ފެނިފައެވެ.

ލަންކާގެ ނޭވީ އާ ހަވާލާދީ، ސީއެންއޭ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ސިފައިން ބޯޓަށް އަރާ ޗެކްކުރި އިރު، އެ ބޯޓުން ކްރީސްޓަލް މެތް އާއި ކެޓަމިންގެ ޖުމްލަ 1184 ކިލޯގްރާމް ވަނީ ފެނިފަ އެވެ. އަތުލައިގެންފައިވަނީ، 605 ގްރާމްގެ ކްރީސްޓަލް މެތް އާއި 579 ކިލޯގްރާމްގެ ކެޓަމިން ކަމަށް ސީއެންއޭ އިން ރިޕޯޓުކޮށްފައިވެ އެވެ.

އެގައުމުގެ ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި، ޖުމްލަ މަސްތުވާތަކެތީގެ މަގުމަތީ ބާޒާރުގެ އަގު 12،500 މިލިއަން ލަންކާ ރުޕީސް (65 މިލިއަން ޑޮލަރު) އަރާނެ އެވެ. އަދި މިއީ މިހާތަނަށް އެއްފަހާރާ މިހާ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަތް ފަހަރު ކަމަށްވެސް ޑިފެންސް މިނިސްޓްރީން ބުންޏެވެ.

އެ ބޯޓުން ޕާކިސްތާނަށް ނިސްބަތްވާ ނުވަ މީހަކު ހައްޔަރު ކުރި ކަމަށް ސީއެންއޭއިން ބުންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!