ލޮކްޑައުންނާއި ގުޅިގެން އިންޑިއާގައިތިބި ދިވެހިންނަށް ބޭސްފަރުވާއާއި އެނޫންވެސް ކަންކަމަށް، 44000 ޑޮލަރުގެ އެހީ ފޯރުކޮށްދީފައިވާކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.
ކޮވިޑް-19 ގެ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިރޭ ވިދާޅުވީ އިންޑިއާގެ ލޮކްޑައުންއާ ގުޅިގެން އެގައުމުގައި ތިބި 155 ދިވެއްސަކަށް އާސަންދައިން 44،000 ޑޮލަރުގެ އެހީ އެކި ގޮތްގޮތުން ހަރަދުކުރެވިފައިވާ ކަމަށެވެ.
މަބްރޫކް ވިދާޅުވީ ސްރީލަންކާއަށްގޮސްތިބި ދިވެހިންނަށްވެސް އެޤައުމުގައި ހުންނަ އެމްބަސީން ތަފާތު އެހީތައް ފޯރުކޮށްދެމުންދާކަމަށާއި، އެގޮތުން ލަންކާ ކާފިއުއާ ގުޅިގެން ޒަރޫރީ އެކިކަންކަމަށް 109 ކޭސްއަކަށް އެޓެންޑްކޮށްފައިވާކަމަށާއި ލޮޖިސްޓިކަލް ސަޕޯޓްގެ ގޮތުގައި އެމްބަސީގެ ފަރާތުން މީހުން އެއްތަނުން އަނެއްތަނަށް ގެންގޮސްދިނުން ފަދަކަންކަން ކުރަމުންދާކަމުގައި މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ އެހެން ގައުމުތަކުގައި ވެސް ދަތި ހާލުގައި ޖެހޭ ދިވެހިންނަށް ވީ މިންވަރަކު އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.