ކާފިއު ވަގުތުގައި 284 މީހަކު މިއަދު މާލޭ މަގުމަތިން ހިފެހެއްޓި

މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި މިއަދު ހަވީރު ކާފިއު އިއުލާންކޮށްފައި އޮތް ވަގުތުގެ ތެރޭގައި މަގުތަކަށް ނިކުތް 284 މީހަކު މިއަދު ހިފަހައްޓައިފިއެވެ.

ކޮވިޑް19 ޓާސްކްފޯސްގެ ތަރުޖަމާން މަބްރޫކް އަޒީޒް މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މަގުތަކަށް ނިކުމެނޫޅުމަށް އަންގާފައިވާ ވަގުތުގައި މިއަދު މާލޭ މަގުމަތިން ޖުމުލަ 284 މީހަކު ހިފަހައްޓާފައިވާ ކަމަށެވެ.  

އިއްޔެ މާލޭ މަގުމަތިން ހިފަހައްޓާފައިވަނީ 95 ފަރާތެކެވެ. އިއްޔެ ހުޅުމާލެއިން 11 މީހަކު މަގުމަތިން ހިފެހެއްޓި އިރު މިއަދު 67 މީހަކު ހިފަހައްޓާފައިވާކަމަށް މަބްރޫކް ވިދާޅުވި އެވެ. އަދި ވިލިމާލެއިން އިއްޔެ ނުވަ މީހަކު މަގުމަތިން ހިފަހެއްޓި އިރު މިއަދު 25 މީހަކު ހިފެހެއްޓި ކަމަށް ވިދާޅުވި އެވެ. 

މީގެ އިތުރުން މަބްރޫކް ވިދާޅުވީ މި ދެ ދުވަހުގެ މަތިން ޖުމުލަ 376 މީހަކު ހިފެހެއްޓި އިރު އޭގެތެރެއިން 333 މީހުންނަކީ ދިވެހިންކަމަށެވެ.

މަބްރޫކް ވިދާޅުވީ މިދިޔަ ދެ ދުވަހު ނަސޭހަތް ދިން ނަމަވެސް މާދަމާ އިން ފެށިގެން ފިޔަވަޅު އަޅަން ފަށާނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!