ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ދެ މީހުން ދޫކޮށްލައިފި

ކޮވިޑް-19 އަށް ޕޮޒިޓިވްވެ ހާލު ގޯސްވުމާ ގުޅިގެން ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކުރި ދެ މީހުން ބަލިން ރަނގަޅުވުމުން މިއަދު ދޫކޮށްލައިފިއެވެ.

އެ ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒު ވިދާޅުވީ އެދެމީހުންނަކީވެސް ސޭންޑީސް ޠަތަލާ ރިސޯޓުން ޕޮޒިޓިވްވި ދެމީހުން ކަމަށެވެ. އެ މީހުން ދޫކޮށްލާފައިވަނީ މިއަދު ފުރައިގެންދާ އެމީހުންގެ ޤައުމަށް ދާގޮތަށް ކަމަށްވެސް މަބްރޫކު ވިދާޅުވިއެވެ.

އައިޖީއެމް ހޮސްޕިޓަލުގެ ޑޮކްޓަރ ޑރ.މުސާ މުރާދު ވިދާޅުވީ މި ދެމީހުންވެސް ދޫކޮށްލާފައިވަނީ ޑަބްލިއުއެޗްއޯ ގެ މިންގަނޑުތަކާ އެއްގޮތަށް ޓެސްޓް ކުރުމަށްފަހުގައިކަމަށެވެ. މިގޮތުން މިދިޔަ މަހުގެ 18ވަނަ ދުވަހު އެ ދެމީހުން ބައްޔަށް އަލުން ޓެސްޓުކޮށްފައިވާކަމަށާއި އަދި މިމަހުގެ 1ވަނަ ދުވަހުވެސް ޓެސްޓުކޮށް ނަތީޖާ ނެގެޓިވް ވުމާއެކު ދޫކޮށް ލީކަމަށް އޭނާ ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!