މާސްކު ބޭކާރު ކަމަށް ބުނި ގައުމުތަކުން މިހާރު އާދޭސް ކުރަނީ މާސްކު އަޅަން

މީގެ އެއްމަސް ކުރިން ޖަރުމަނުގެ ސަރުކާރުން ތަކުރާރުކޮށް ބުނަމުން ގެންދިޔައީ ފޭސް މާސްކަކީ ބޭކާރު އެއްޗެއް ކަމަށެވެ. ކޮވިޑް19 އިން ސަލާމަތްވުމަށް އޭގެ ދައުރެއް ނެތް ކަމަށެވެ. މާސްކް އަޅަންވީ ސިއްހީ ޚިދުމަތް ދޭ ފަރާތްތައް އެކަނި ކަމަށެވެ.

އެމެރިކާގެ ސަރުކާރުގެ އިސް އެތައް އޮފިޝަލުންނެއް މީޑިޔާގެ ކުރިމަތީ އަދި ސޯޝަލް މީޑިޔާގައި ރައްޔިއްތުން މާސްކް ނުގަތުމަށް ވަނީ އެދިފައެވެ. އަދި ކޮވިޑް19 އިން ރައްކާތެރިވުމަށް އެކަށީގެން ވާ އެއްޗެއް ނޫން ކަމުގައި އެގައުމުގެ ޑޮކްޓަރުންވެސް ވަނީ ބުނެފައެވެ.

އެމެރިކާއިން ވަނީ އެގައުމުން ދެއްކި ވާހަކާގެ ރާގު ބަދަލުކޮށްފައެވެ. އެމެރިކާގެ އަވަށެއް ކަމަށްވާ ޓެކްސަސްގައި މާސްކް ނާޅާ ބޭރަށް ނުކުންނަ ކޮންމެ މީހަކު 1000 ޑޮަލަރުން ޖޫރީމަނާ ކުރަން ވަނީ ނިންމާފައެވެ. އަދި ފްރާންސުން ވަނީ ޗައިނާއިން އެމީހުން ގަތުމަށް ތައްޔާރުކޮށްފައި ހުރި މާސްކް ޝިޕްމެންޓެއް، އެމެރިކާއިން އަގު ބޮޑުކޮށް ނުއަގުގައި ސަޕްލަޔަރަށް އެޑްވާންސްކޮށް ފައިސާ ދީގެން ގަތް މައްސަލަ މީޑިޔާއަށް ހާމަކޮށްފައެވެ.

މިހާރު ޖަރުމަނުން ދަނީ އެންމެން މާސްކް އެޅުމަށް ގޮވާލަމުންނެވެ. އަދި ފާއިތުވި އެއްމަސް ދުވަހުގެ ތެރޭގައި ޖަރުމަނުގައި ބަލީގެ ހާލަތު ވަނީ ގޯސްވެފައެވެ.

ކުރިން މާސްކް ނޭޅުމަށް އެދިފައި މިހާރު މާސްކު އެޅުމަށް މަޖުބޫރު ކުރުމުން، ރައްޔިތުންގެ މެދުގައި ދަނީ ނުތަނަވަސްކަން އިތުރުވަމުންނެވެ. މި ގޮތުން ކަމާއިބެހޭ ފަރާތްތަކަށް އޮންނަ އިތުބާރު ކުޑަވެ، އަދި މިކަމުގައި އޮތް ރަނގަޅު ގޮތް މީހުންނަށް އޮޅެންފަށައެވެ.

މުޅި ދުނިޔޭގައިވެސް މިހާރު ވަނީ ފޭސް މާސްކް ލިބުން ދަތިވެފައެވެ. އަދި ގައުމުގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް އެއްވެސް ގައުމެއްގައި މާސްކު ނެތްކަމީވެސް ހަގީގަތެކެވެ.

ޗައިނާއިން މި ބަލިން ސަލާމަތް ވުމަށް، އެގައުމުގެ ރައްޔިތުން ދިޔައީ އެކި ކަހަލަ މާސްކް ތައް އަޅަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!