ފޭސްބުކް މެސެންޖަރ އިން ޑެސްކްޓޮޕަށް މެސެންޖަރ އެޕް އެންމެފަހުން ނެރެފިއެވެ. މީގެ ކުރިން ފޯނުތަކުން މި އެޕް ބޭނުން ކުރަމުން އަޔަސް, 2011 ގައި ދުވަސްކޮޅަކަށް ވިންޑޯސްއަށް މި އެޕް ލިބިފައި ހުއްޓުނު ގޮތަށް މިއީ މި އެޕް ނެރުނު ފުރަތަމަ ފަހަރެވެ.
މި އެޕް މިހާރު އެޕަލް މެކް ސްޓޯރުންނާއި، މައިކްރޮސޮފްޓް ސްޓޯރުން ލިބެން ހުންނާނެ އެވެ. އެހެންކަމުން މިހާރު ފޭސްބުކް އަށް ނުވަދަވެސް ކޮމްޕިއުޓަރުން މެސެންޖަރ އިން ޗެޓް ކޮށް ގުޅާލެވޭނެއެވެ.
2016 އިން ފެށިގެން ފޭސްބުކް އިން ދަނީ މި އެޕް ކޮމްޕިއުޓަރުތަކަށް ނެރުމަށް މަސައްކަތް ކުރަން ފަށާފައެވެ. މި ދުވަސްވަރު އެކަހެރިކޮށް ދިރިއުޅޭ ދަނޑިވަޅެއްގައި މިއީ ވަރަށް ގިނަ ބަޔަކަށް އެކަކު އަނެކަކަށް ގުޅައި ވާހަކަ ދެއްކުމަށް ލިބިގެންދާނޭ ވަރަށް ބޮޑު އިތުރު ފަސޭހައެކެވެ.