ކޮވިޑް- 19 އަށް ފަރުވާ ހޯދަމުންދާ ހަތަރު ދިވެހިންގެ ހާލު ވެސް ރަނގަޅު

ކޮވިޑް- 19 އަށް ރާއްޖެއިން ފަރުވާ ހޯދަމުންދާ ހަތަރު ދިވެހިންގެ ހާލު ވެސް ރަނގަޅު ކަމަށް ސަރުކާރުން ބުނެފި އެވެ.

މިހާތަނަށް ރާއްޖޭގައި 19 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން 13 މީހަކު ރަނގަޅުވެ މިހާރު ތިބީ މޮނީޓަރިން ކަރަންޓީނުގަ އެވެ. ޕޮޒިޓިވްވި މީހުންގެ ތެރެއިން އިޓަލީ ދެ މީހަކު ވަނީ ރާއްޖެއިން ފުރައިގެން ގޮސްފަ އެވެ.

މިހާރު ފަރުވާދެމުން ދަނީ ހަތަރު މީހަކަށެވެ. އެއީ، އިނގިރޭސިވިލާތުން ރާއްޖެ އައި ހަތަރު ދިވެހިންނެވެ.

އެމީހުންގެ ހާލަތާއި ގުޅޭގޮތުން ޑރ. މޫސާ މުރާދު ވިދާޅުވީ ފަރުވާ ހޯދަމުންދާ ހަތަރު ދިވެހިންގެ ހާލުވެސް ރަނގަޅު ކަމަށެވެ.

“އެމީހުންގެ ހާލު އިރާދަކުރެއްވީތީ ރަނގަޅު. ސިއްހީ ގޮތުން މާ ބޮޑު މައްސަލަތަކެެއް ނުވަތަ ކޮންޕްލިކޭޝަނެއްތަކެއް ފާހަގަ ކުރެވިފައެއް ނުވޭ.” މޫސަ ވިދާޅުވި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!