އެސްޓީއޯ ސުޕަމާޓުން އޮންލައިންކޮށް ޚިދުމަތް ދޭން ފަށައިފި

ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)ގެ ސުޕަމާޓުން އޮންލައިންކޮށް ވިޔަފާރިކުރެވޭނެގޮތް އެ ކުންފުނިން ހަމަޖައްސައިފިއެވެ.

އެސްޓީއޯއިން ބުނީ އެ ކުންފުނީގެ ސުޕަމާޓުން ލިބެން ހުންނަ ތަކެތި މިހާރު އެ ކުންފުނީގެ އީ-ސްޓޯރ ވެބްސައިޓު މެދުވެރިކޮށް ގަނެވޭނެ އިންތިޒާމު ހަމަޖައްސައިދީފައިވާނެ ކަމަށެވެ.

އެސްޓީއޯ ސްޕަމާރޓުން އޮންލައިންކޮށް ގަނެވޭ ތަކެތީގެ ތެރޭގައި ކާބޯތަކެއްޗާއި، ކޮސްމެޓިކްސްއާއި، ކުޑަކުދިންނަށް ބޭނުންވާ ނެޕީއާއި އެހެނިހެން އަސާސީ ތަކެތި ހިމެނެއެވެ.

އޮންލައިންކޮށް ބާޒާރުކުރާ މީހުންނަށް، އޯޑަރު ކުރާތާ 30 މިނެޓު ފަހުން އެސްޓީއޯ ސުޕަމާޓަށް ގޮސް އެ މީހަކު ގަތް ތަކެތި ކިއޫގައި ނުޖެހި ނެގޭނެ އެވެ.

މީގެ އިތުރުން ޑެލިވަރީގެ ހިދުމަތް ބޭނުންވާ މީހުންނަށް އެ ފުރުސަތު ވެސް އެސްޓީއޯ އިން ވަނީ ހުޅުވާލައިފަ އެވެ. އެގޮތުން، އޮންލައިންކޮށް ބާޒާރު ކުރުމަށް ފަހު އެޑްރެހާއި މީހާގެ މައުލޫމާތު ދިނުމުން ރެޑް ބޮކްސް މެދުވެރިކޮށް ގެއަށް ޑެލިވަރީ ކޮށްދޭނެ އެވެ.


ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ގިނަ ފިހާރަތަކަކުން މިހާރު އަންނަނީ ޑެލިވަރީގެ ޙިދުމަތް ފޯރުކޮށްދެމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!