ކޮވިޑް-19 އާއި ގުޅިގެން ފެނަކައިގެ މުވައްޒަފުން ދިވެހި ރައްޔިތުންގެ ސަލާމަތާ، ރައްކާތެރިކަމަށްޓަކައި މަސައްކަތުގައި!

ދުނިޔޭަގައި ބާރު ސްޕީޑްގައި ފެތުރެމުންދާ ކޮވިޑް- 19 އިން ރައްކާތެރި ވުމުގެ ގޮތުން ރާއްޖެއިން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. ރާއްޖެއިން 19 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައިއެވެ. އޭގެތެރެއިން 4 މީހުންނަކީ ދިވެހިންނެވެ.

ކޮވިޑު-19 ފެތުރޭ ހަލުވި މިނަށްބަލާއިރު ދުނިޔޭގެ ގިނައުމު ތަކަކުން ވަނީ މި ބަލި ފެނިފައިއެވެ. އަދި ހަމަ އެހެންމެ ބަލި ފެންނަމުން ދާ ގައުމުތަށް ދަނީ ދުވަހެއްދުވަހަކަށް އިތުރުވަމުންވެ. މީގެ އިތުރުން މި ބަލި ޖެހޭ މިންމވަރުވެސް ދަނީ އިތުރު ވަމުންނެވެ. މިހާތަނަށް އެއްވެސް ފަރުވާއެއް ހޯދިފައިނުވާ މި ބައްޔަށް އޮތް ހަަމަ އެކަނި ހައްލަކީ އެކަހެރިވުން ކަމަށް ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ވަނީ ބުނެފައިއެވެ.

ކޮވިޑް-19 އިން ރައްކާތެރި ވުމުގެ ގޮތުން ސަރުކާރުންދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ސްކޫލް ކޮލެއްޖް އަދި ސަރުކާރު ބަންދު ކޮށް، ރައްޔިތުން ބޭރަށް ނިކުރުން ވެސް ވަނީ މަނާކޮށްފައިއެވެ. ރާއްޖޭގެ ބޯޑަރު ބަންދުކޮށް ރައްޔިތުން ގޭގައި މަޑުކުރުމަށް ސަރުކާރުން ދަނީ ގޮވާލަމުންނެވެ. މީގެ އިތުރުން މާލެ ވިލިމާލެ އަދި ހުޅުމާލޭ ގައި އިއްޔެ އިން ފެށިގެން ވަނީ ވަކި ގޮތެއް އަންގަންދެން ކާފިއުވެސް އިއުލާން ކޮށްފައިއެވެ.

ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ސަރުކާރުން ކުރަމުން ގެންދަވާ މިފަދަ ހުރިހާ މަސައްކަތުގައި ފެނަކައިގެ ގިނަ އަދަދެއްގެ މުވައްޒަފުން ދަނީ ބައިވެރިވަމުންވެ. އެގޮތުން އެމްއެންޑީއެފް ގެ ބެލުމުގެ ދަށުން ހުޅުމާލޭގައި ގާއިމް ކުރާ 200 އަށް ވުރެ ގިނަ އެދުގެ މެޑިކަލް ފެސިލިޓީގެ މަސައްކަތަށް އެންމެ ފުރަތަމަ ނުކުރީ ފެނަކައިގެ ހީވާގި މުވައްޒަފުންނެވެ. މި މަސައްކަތުގައި ފެނަކައިގެ 100 އަށްވުރެ ގިނަ މުވައްޒަފުން ވަނީ ބައިވެރި ވެފައިއެވެ.

މީގެ އިތުރުން ފަރުކޮޅުފުށީގެ ކަރަންޓީން ފެސިލިޓީ އަލުން މަރާމާތުކޮށް ހުޅުވުމަށް ކުރެވުން މަސައްކަތުގައި ފެނަކައިގެ މުވައްޒަފުން ވަނީ ބައިވެރިވެފައި އެވެ.

އަދި ޓްރީޓޮޕް ހޮސްޕިޓަލް ސަރަހައްދުގައި އެމްއެންޑީއެފް ގެ ބެލުމުގެ ދަށުން އިމާރާތް ކުރެވޭ 10 ފާހާނައިގެ އެންމެހާ މަސައްކަތްތަށް ކުރަމުން ދަނީ ވެސް ހަމަ ފެނަކައިގެ ހީވާގި މުވައްޒަފުންނެވެ.

ކ. ވިލިވަރާއި އއ. ވެލިދޫ ކަރަންޓީން ފެސިލިޓީތަކަށް ބޭނުންވާ ފެނާއި ކަރަންޓުގެ އަސާސީ ހިދުމަތް ފެމުންދަނީ ފެނަކައިންނެވެ. މި ދެ މަސައްކަތަށް އެ ދެރަށުގައި ފެނަކަ މުވައްޒަފުން އެ ދެ ރަށުގައި 24 ގަޑިއިރު ދަނީ މަސައްކަތް ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!