ފޮޓޯ: މިހާރު

ސީއެޗްއެސްއީގެ ފުރަތަމަ ޕްރިންސިޕަލް ކޮވިޑް-19 ޖެހިގެން އަވަހާރަވެއްޖެ

ސައިންސް އެޑިއުކޭޝަން ސެންޓަ (އެސްއީސީ) ނުވަތަ މިހާރުގެ ސެންޓަ ފޯ ހަޔަ ސެކަންޑްރީ އެޑިއުކޭޝަން ސެންޓަރު (ސީއެޗްއެސްއީ) އުފައްދަވައި އެ ސްކޫލުގެ ފުރަތަމަ ޕްރިންސިޕަލްކަން ކުރެއްވި، ޑރ. އިބްރާހިމް އަބްދުލް މާލިކު، ކޮވިޑް-19 ޖެހިގެން އިއްޔެ އަވަހާރަވެއްޖެ އެވެ.

ދެ ޕީއެޗްޑީ ހާސިލްކުރައްވައި އޭނާގެ އުފަން ގައުމު، އެމެރިކާގެ ތައުލީމީ ދާއިރާ އަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ މާލިކު، އަވަހާރަވީ އުމުރުފުޅުން 97 އަހަރުގަ އެވެ.

މުޅި ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކޮވިޑް-19 މިހާރު އެންމެ ހަލުއިކަމާއެކު ފެތުރެމުންދާ އެއް ގައުމަކީ އެމެރިކާ އެވެ. އެ ގައުމުން އެކަނި ވެސް، އަދި ފަރުވާއެއް ހޯދިފައިނުވާ ކޮވިޑަށް 230،000 އަށް ވުރެ ގިނަ މީހުން މިހާތަނަށް ވަނީ ޕޮޒިޓިވްވެފަ އެވެ.

ހާވަޑް ޔުނިވަސިޓީ އިން ސައިންސް އެންޑް އެޑިއުކޭޝަން އަދި ގްރެޖުއޭޓް ތިއޮލޮޖިކަލް ފައުންޑޭޝަނުން އިސްލާމިކް ސްޓަޑީޒް ކިޔަވާވިދާޅުވުމުގެ އިތުރުން ނިއު ޔޯކް ސިޓީގެ ތައުލީމީ ނިޒާމުގައި 25 އަހަރު ޑރ. މާލިކް ޚިދުމަތް ކުރައްވާފައިވާފައިވެ އެވެ.

މާލިކް ރާއްޖެ ވަޑައިގަތީ އިސްލާމްވެވަޑައިގެންނެވިތާ ހަތަރު އަހަރު ފަހުން 1979 ގައި ޔުނެސްކޯގެ މަސައްކަތެއްގައި އުޅުއްވަމުން ލިބިވަޑައިގެންނެވި ފުރުސަތެއްގަ އެވެ. އެ ސްކޫލުން ވަކިވެވަޑައިގެންނެވީ ހަތަރު އަހަރު ވަންދެން ޕްރިންސިޕަލްކަން ކުރެއްވުމަށް ފަހުގަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!