ރާއްޖޭގައި ކޯވިޑް-19 ޖެހިގެން ރަނގަޅުވި 4 މީހަކު ދޫކޮށްލާފައިވާކަމަށް ނޭޝަނަލް އެމަޖެސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އައިޖީއެމް ހޮސްޕިޓަލުގެ ޑޮކްޓަރ ޑރ.މުރާދު ވިދާޅުވީ، ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުގެ ތެރެއިން އެބަލިން މުޅިން ރަނގަޅުވެ ނެގެޓިވްވެފައިވާ މީހުންގެތެރެއިން ފަހުން ހަނދަންޖެހޭ 2 ޓެސްޓުންވެސް ނެގެޓިވްވި 4 މީހަކު ދޫކޮށްލާފައިވާކަމަށެވެ.
މުރާދު އިތުރަށް ވިދާޅުވީ، މި ބަލީގައި މިހާރު ފަރުވާ ދެވެމުންދަނީ 4 މީހަކަށް ކަމަށާއި އެ 4 މީހުންނަކީ އިނގިރޭސިވިލާތުން ރާއްޖެއައި 4 ދިވެހިން ކަމަށެވެ. އެމީހުންގެ ޙާލަތު ރަނގަޅުކަމަށް މުރާދު ވިދާޅުވިއެވެ.
ރާއްޖޭގައި ކޯވިޑް-19ޖެހުނު މީހުންގެ ތެރެއިން 13 މީހަކު މިހާތަނަށް ރަނގަޅު ވެފައިވާކަން މުރާދު ވަނީ ފާހަގަކުރައްވާފައެވެ.