މައްކާ އަދި މަދީނާގައި 24 ގަޑިއިރަށް ކާފިއު ހިންގަނީ

ކޮވިޑް-19 އާއި ގުޅިގެން މައްކާ އަދި މަދީނާގައިގައި 24 ގަޑިއިރު ކާފިއު ހިންގުމަށް ނިންމައިފިއެވެ.

ސައުދީގެ އިންޓީރިއާ މިނިސްޓްރީން މިއަދު ބުނީ ކާފިއު އިއުލާންކޮށްފައި ބޭއްވި ނަމަވެސް ކާބޯތަކެތި ގަންނަން އަދި ސިއްހީ ފަރުވާތަކަށް ބޮޑެތި މީހުންނަށް ވަކި ވަގުތުތަކެއްގައި ގެއިން ބޭރަށް ނިކުމެވޭނެ ކަމަށެވެ. އަދި ފާމަސީތަކާއި ކާބޯތަކެތި ވިއްކުމުގެ ވިޔަފާރި އާއި ގޭސް ސްޓޭޝަން އަދި ބޭންކުގެ ހިދުމަތް ފިޔަވައި އެހެނިހެން ވިޔަފާރިތައް އެ ދެ ސިޓީގައި ވެސް ހިންގުން ވަގުތީ ގޮތުން މެދުކަނޑާލަން ވެސް ވަނީ އަންގާފައެވެ. މީގެ އިތުރުން އެސިޓީތަކުގައި ދުއްވަމުން އަންނަ ކާރުތަކުގައި ދަތުރު ކުރެވޭނީ އެންމެ މީހެއް ކަމަށް ވަނީ ނިންމާފައެވެ.

މިފަދަ ފިޔަވަޅުތަކެއް އެގައުމުން އަޅާފައިވަނީ މިހާތަނަށް ކޮވިޑް-19 ޖެހިގެން އެގައުމުން މަރުވާ މީހުންގެ އަދަދު ހިފެހެއްޓުމެއްނެތި މަތިވަމުން އަންނާތީއެވެ.

ސައުދީން މިހާތަނަށް 1،720 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، 16 މީހަކު ވަނީ މަރުވެފައެވެ. އަދި 200 އަށް ވުރެ ގިނަ މީހުން ވަނީ މި ބަލިން ރަނގަޅުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!